އަދާލަތު ޕާޓީ

އަދާލަތު މެދުވެރިކޮށް ހާފިޒަކު ގެނައުމަށް 26000 ރުފިޔާ

އެހެން އަހަރު ތަކެކޭ އެެއްގޮތަށް މިއަހަރުގެ ރަމަޟާން މަހުވެސް ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހިފްޒުކޮށް ތަރާވީހު ނަމާދުކުރުމަށް 50 ހާފިޒުން ގެނައުމަށް ނިންމާފައިވާ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އަދާލަތުން ބުނީ ރަމަޟާން މަހަށް އެޕާޓީ މެދުވެރިކޮށް ހާފިޒުން ގެންނަން ބޭނުންވާ ފަރާތްތަކަށް ފުުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ހާފިޒުން ރާއްޖެ ގެނައުމާއި، ފޮނުވާލުމާއި، މާލޭގައި މަޑުކުރާ ވަގުތާއި ރަށްރަށަށް ފޮނުވުމާއި، ރަމަޟާން މަސް ނިމުމާއިއެކު އަނބުރާ މާލެ ގެނެސް މާލޭގައި މަޑުކުރަންޖެހޭ މުއްދަތުގައި ހިނގާނެ ހަރަދާއި، ހާފިޒުންނަށް ދޭ އެލަވަންސަށް ހިނގާނެ ހަރަދުގެ ގޮތުގައި މިއަހަރު ނެގުމަށް ހަމަޖެހިފައިވަނީ 26،000 ރުފިޔާ ކަމަށެވެ.

އެހެން ކަމުން އަދާލަތު ޕާޓީ މެދުވެރިކޮށް ހާފިޒުން ގެނައުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 13ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން އަދާލަތުގެ މަރުކަޒީ އިދާރާއަށް ނުވަތަ އީމެއިލް މެދުވެރިކޮށް އެކަން އަންގާ ފައިސާ ދެއްކުމަށް އެދޭ ކަމަށެވެ.

ރަށްރަށުން އެދިގެން ކޮންމެ އަަހަރަކުވެސް އަދާލަތު ޕާޓީން ގެންދަނީ ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހިފްޒުކޮށް ތަރާވީހު ނަމާދުކުރުމަށް ހާފިޒުން ގެންނަމުންނެވެ.