AVAS PHOTO ESSAY

ބިނާތައް ފަނާވާން ދޫކޮށްލާފައި!

މިއީ އޭޕްރިލް 2، 2018 ގައި މާލޭގެ ރަސްފަންނުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުޅުވައިދެއްވި ހިތްގައިމު ޕެވީލިއަނެވެ. މާފަންނު ރަސްފަނުގެ މެދެއްހާ ހިސާބުގައި ތިން ބުރިއަށް އުފުލާފައިވާ މި ރީތި އިމާރާތަށް ކެފޭ އާއި ރެސްޓޯރަންޓުތަކުގެ ވިޔަފާރިތައް ވަދެ ހިނގަމުން އައެވެ. މާލޭގައި ފުރަތަމަ ފަހަރަށް މޫދު ތެރޭގައި ހެދި ޕެވީލިއަނަށް ކޮންމެ ދުވަހަކު އެތައް ބަޔަކު ސައި / ކޮފީ ބޯށާއި އެހެން ބޭނުންތަކަށް ގޮސް އުޅުނު އިރު ފޮޓޯ ނަގާށައި އެހެން ބޭނުންތަކުގައި ގޮސް އުޅުނެވެ. ބޮޑުތަކުރުފާނު މަގު ހުރަސްކޮށް އޯވަހެޑް ވޯކް ވޭއެއް ހިމެނޭ ގޮތަށް ހަދާފައިވާ މިތަނަކީ ދިވެހިންނަށް ވަރަށް ހިތްގައިމު އަދި ރީތި މަންޒަރެއްގެ ވެސް އޮންނަ ތަނަކަށް ވިއެވެ.

ރަސްފަންނު ޕެވީލިއަން

ރަސްފަންނުގެ ފެމީލިއަން: ބޭނުން ކުރުން ހުއްޓާލާފައިވާ ޕެވީލިއަން ވަނީ މުޅީ ހަލާކުކޮށްލާފައި -- އަވަސް ފޮޓޯ: ސަލްވީން އަބްދުލް ހަމީދް
ފެމީލިއަން: ބިއްލޫރިތައް ތަޅާލައި މުޅި ތަނަށް ވަނީ ގެއްލުންދީފައި -- އަވަސް ފޮޓޯ: ސަލްވީން އަބްދުލް ހަމީދް

ރަސްފަންނުގެ ޕެވީލިއަންގެ ބައެއް ބައިތައް މިހާރު ހުރީ ތަޅާލާވެސްލައި އަދި ވަރަށް ބޮޑަށް ސުންނާފަތި ކޮށްލައިފަ އެވެ. މޫދު އަޑިއަށް ޖަހާފައި ހުރި ތަނބުތައް މަތީ ކޮޅަށް ހުންނަ މި އިމާރާތުގެ ތެރޭގައި ހުރި ލަކުޑި ފިލާތަކުގެ ޑެކް އޮތީ ފީވެ، ފައިބައި ގަންނަން ތައްޔާރުވެފަ އެވެ. އެއްވެސް އަޅައި ލުމެއް ނެތި ދޫކޮށްލާފައިވާ މި ތަނަށް ކުޑަ ކުދިން ހުސް ފަޔާ ވަދެ އުޅޭއިރު ތަން ފުރެާ ބިއްލޫރި އާއި މޮހޮރާއި އިސްކުރުތައް އޮތް އިރު، އެންމެން ފޮޓޯ ނަގަން މޮޔަވި އިމާރާތް މިހާރު އޮތީ ފަޅުވެފަ އެވެ. އެއީ މަސްތުވާ ތަކެއްޗާއި ސިއްރުން ބަނގުރާ ބޯ މީހުން ވަދެ އުޅޭ އަނދިރި ތަނެކެވެ. ރަސްފަނުގެ އެހެން ދިމާ ދިމަ ދިމާގެ ގިނަ ބައެއްތައް ވެސް ވަނީ ފަނާވާން ކައިރިވެފަ އެވެ. އެއްވެސް ވަރަށް އަޅައިލާ ބެލެހެއްޓުމެއް ނެތެވެ.

މާލޭގެ ސިޓީ ޕާކް

ކުރިން ގިނަ ރެސްޓޯރަންޓުތަކެއް ހުރި މާލޭގެ ސިޓީ ޕާކް، ހުސް ކުރުމަށް ފަހު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެތަން ތަފާތު ގޮތް ގޮތަށް ތަރައްގީ ކުރި އެވެ. އެގޮތުން 2015 ވަނަ އަހަރުގެ މިނިވަން ދުވަހާއި ގުޅިގެން ރަސްރަނި ބަގީޗާގައި ހެދި ލެޑް ގާޑަންގެ ގަސްތަކާއި އެއާ ގުޅޭ އެހެނިހެން ތަކެތި ސިޓީ ޕާކަށް ބަދަލުކޮށް ސިޓީ ޕާކް ޖަރީކޮށްލި އެވެ. އަދި ރެޕްލިކާއެއްގެ ގޮތުގައި ދިވެހިން ބަން ކަޅުއޮއްފުންމި ވެސް އެތަނަށް ގެންގޮސް ތަރައްގީކޮށް ހުޅުވަން ތައްޔާރު ކުރި އެވެ. ނަމަވެސް އޭގެ ކުރިން އެ ވެރިކަން ނިމި ސަރުކާރު ބަދަލުވީ އެވެ.

ސިޓީ ޕާކް: ހިއްގައިމު ޕާކުގެ ގަސްތައް ވައްޓައި ވީރާނާން ވާން ދޫކޮއްލައިފައި އޮންނަތާ ކިތަންމެ މަހެއް ވެފައިވޭ -- އަވަސް ފޮޓޯ: ސަލްވީން އަބްދުލް ހަމީދް
ސިޓީ ޕާކް: ހިއްގައިމު ޕާކުގެ ގަސްތައް ވައްޓައި ވީރާނާން ވާން ދޫކޮއްލައިފައި އޮންނަތާ ކިތަންމެ މަހެއް ވެފައިވޭ -- އަވަސް ފޮޓޯ: ސަލްވީން އަބްދުލް ހަމީދް

މިހާރު އެއީ މާލޭ ސިޓީގައި އެންމެ ބޮޑަށް ވީރާނާވެފައިވާ އެއް ޕާކެވެ. އެތަނަށް އެއްވެސް ވަރަކަށް އަޅައި ނުލާ ގޮނޑަކަށްވެފައ ވަނިކޮށް ގިނަ ބަޔަކު ފާޑު ކިއުމާއެކު މާލެ ސިޓީ ކައުންސިލުން އެ ޕާކްުގައި ކުނި ކަހާފައި ވެއެވެ. މައްޗަންގޮޅި އަދި އާންމުކޮށް އެންމެހާ ރައްޔިތުންނަށް ބޭނުން ކުރެވޭ ގޮތަށް ހެދި ޕާކްގެ ބޭނުން މިހާރު އެއީ ވަރަށް އަނދރި ތަނެކެވެ. އެތަން ބޭނުން ކުރަނީ ސިއްރު ޑްރަގު ވިޔަފާރިތައް ކުރުމަށައި ސިއްރުން ބަނގުރާ ބޯ މީހުން އެމީހުންގެ ސިއްރު ކަންކަމަށެވެ.

ސިޓީ ޕާކް: ހިއްގައިމު ޕާކުގެ ގަސްތައް ވައްޓައި ވީރާނާން ވާން ދޫކޮއްލައިފައި އޮންނަތާ ކިތަންމެ މަހެއް ވެފައިވޭ -- އަވަސް ފޮޓޯ: ސަލްވީން އަބްދުލް ހަމީދް

ސިޓީ ޕާކް ތަރައްގީ ކުރާނެ ގޮތެއް ނިންމަން މި ސަރުކާރުން ރައްޔިތުންގެ ހިޔާލު ހޯދަން ފޯރަމެއް ބާއްވާނެ ކަމަށް އިއުލާން ކުރި އެވެ. ނަމަވެސް އެކަމެއް ނުހިނގަ އެވެ. އެ ޕާކުގެ ތެރޭގައި ދުވާލު ގިނައިން ވަދެ ތިބެނީ ބިދޭސީންނެވެ. އެތާނގެ ގަސްތައް ވައްޓާލައި މުޅިތަން ރޫޅާލައިފައި އެވެ. ރޭގަނޑު އެތާނގެ ތެރޭގައި ރަސްކަން ކުރަނީ ބަނގުރާ ބޯ މީހުންނެވެ.

މާލޭގެ ޖުމްހޫރީ މައިދާން

ޖުލައި 24، 2015 އަށް ކުރީ ސަރުކާރުން ޖުމްހޫރީ މައިދާން އަލުން ރީތިކޮށ ތަރައްގީ ކުރި އެވެ. މާލޭގެ މޫނުމަތީން ޓޫރިސްޓް އެޓްރެކްޝަންކަށް އޮންނަ މައިދާނުގައު ލަވަ އާއި ރާގާ އެއްވަރަށް ފެން އަރާ ގޮތަށް މިއުޒިކަލް ފައުންޓެއިން ނުވަތަ މިއުޒިކީ ފަށްވާރެއް ތަރައްގީކޮށް ހުޅުވި އެވެ. އެއީ އާއިލާތަކާއި ކުޑަ ކުދިންނާއި ޓޫރިސްޓުންނަށް ވެސް ވަރަށް ކަމުދިޔަ އަދި މާލޭގެ މޫނު މައްޗަށް ރީތިކަން ގެނުވައި ދިން ކަމަކަށްވި އެވެ. އަދި އެތަން ވެފައި އޮތީ ގިނަ އަދަދެއްގެ ކުދިން ކޮންމެ ދުވަހަކު ގޮސް ތެމިލާ ސަކަރާތް ޖަހާލަން ވެސް ބޭނުން ކުރާ ހާއްސަ ތަނަކަށެވެ. ނަމަވެސް ފަހުން ކޮންމެ ހުކުރު ހޮނިހިރެއްގެ ހަވީރާއި ރޭގަނޑު ބޮކިތައް ދިއްލާ ފެންއަރުވާ ވަޑާ ބޭނުން ކުރާ ގޮތަށް ހެދި އެވެ. މިހާރު އެ ޝެޑިއުލް ބަދަލުވެ އެއް ގޮތަކަށް ބޭނުމެއް ނުކުރެ އެވެ.

ޖުމްހޫރީ މައިދާންޅ މިއުޒިކަލް ފައުންޓެއިންގައި ބިދޭސީން: ފައުންޓައިން މިހާރު ވަނީ ހަލާކުވެފައި ކަމަށްވޭ -- އަވަސް ފޮޓޯ: ސަލްވީން އަބްދުލް ހަމީދް
ޖުމްހޫރީ މައިދާންޅ މިއުޒިކަލް ފައުންޓެއިންގައި ބިދޭސީން: ފައުންޓައިން މިހާރު ވަނީ ހަލާކުވެފައި ކަމަށްވޭ -- އަވަސް ފޮޓޯ: ސަލްވީން އަބްދުލް ހަމީދް

މިއުޒިކަލް ފައުންޓެއިން ކައިރި މިހާރު ފެންނަނީ ބިދޭސީންގެ ހޮޅުއަށްޓެއްގެ ގޮތުގަ އެވެ. ކުޑަ ކުއްޖެއް، އާއިލާއެއް އަދި ޓޫރިސްޓެއްގެ ހިލަމެއް ވެސް ނުވެއެވެ. ދިވެއްސަކު ވެސް ފެންނާކަށް ނުހުރެ އެވެ. ބިދޭސީން ފޯނު ހިފައިގެން ފެންއަރުވައި ވަޑާން ވަށާލައިގެން ތިބެ އެވެ. ހަވީރު އެތަނުން ފެން ނާރުވާތާ މިހާރު އެތައް މަހެއް ވެއްޖެ އެވެ. އަޅައި ނުލާ އެތަން ވެސް ވަނީ ވީރާނާއަށް ދޫކޮށްލާފަ އެވެ. ތަން ވަނޫ ބިދޭސީންގެ އަތް ދަށުވެފަ އެވެ.

ސިނާއީ އަވަށް

ދެހާސް ސޯޅަ ވަނަ އަހަރުގެ ތެރޭގައި ކުރީ ސަރުކާރުން މާލެ ހުޅަނގު ދެކުނު ފަރާތުން ފަސް ހެކްޓަރަށް ވުރެ ބޮޑު ބިމެއް ހިއްކީ ތަރައްގީގެ ވަރަށް މުހިންމު މަސައްކަތަކަށެވެ. ސިނާއީ އަވަށެއްގެ ގޮތަށް ތަރައްގީކޮށް މާލޭގެ ހުރިހާ ލަކުޑި ގުދަންތަކާއި ކެމިކަލް ގުދަންތައް އަދި ސަރުކާރުން ނަގާފައި ހުރި ބޮޑެތި އެސްޓީއޯގެ ގުދަންތައް އެތަނަށް ބަދަލު ކުރުމަށެވެ. ނަމަވެސް މިހާރު އެތަން ވަނީ ބާ ދަނގަނޑުން ފުރިފަ އެވެ. މުޅި އެ ސަރަހައްދު ވަނީ ގާތްގަނޑަކަށް ވީރާނާވާން ދޫކޮށްލާފަ އެވެ.

ސިނާއީ އަވަށް: ކޮންޓެއިނާތަކާއި ދަނގަނޑާއި އެނޫން ވެސް އެފަދަ ސާމާނުތައް މި ސަރަހަށްދުގައި ވިީރާނާވާން ދޫކޮއްލައިފައިވޭ -- އަވަސް ފޮޓޯ: ސަލްވީން އަބްދުލް ހަމީދް

ރަސްރަނި ބަގީޗާ

ފުރިހަމައަށް ތަރައްގީ ކުރި ރަސްރަނި ބަގީޗާ ވެސް މިހާރު ވަނީ ގާތްގަނޑަކަށް ވީރާނާވެފަ އެވެ. ރަސްރަސްކަލުންނާއި ރާނީންގެ ބަގީޗާއެއް ތެރެއިން ދެމޭ ކޯރެއް ގޮތަށް ރަސްރަނި ބަގީޗާގައިވާ މަޑު ނޫކުލައިގެ ރީތި އަދި ސާފު މަސް ފެންގަނޑު މިހާރު ވަނީ އަޑި ނުފެންނަ ވަރަށް ހަޑިވެފަ އެވެ. ބައެއް ތަންތަން ހަލާކުވެފައިވާއިރު ގަދައަށް ފެހިޖަހާލައި ފެންގަނޑު ވަނީ އެކީ ކިލަނބުވެފަ އެވެ. ބަގީޗާގެ ތެރެއަށް ވަދެގެންދާ އިރުގެ ކުރިން އެ ފެންގަނޑު ތެރެއިން އަޅައިގަންނަ ކުލަ ކުލައިގެ ބޮޑެތި މަސްތައް މަރުވެ، ދެތިން މަހަށް ވެފައި ވެއެވެ.

ރަސްރަނު ބަގީޗާ: ފުރިހަމައަށް ތަރައްގީ ކުރި މުޅި ބަގީޗާ ވަނީ އެކަށް ފަނާވެފައި
ރަސްރަނު ބަގީޗާ: ފުރިހަމައަށް ތަރައްގީ ކުރި މުޅި ބަގީޗާ ވަނީ އެކަށް ފަނާވެފައި
ރަސްރަނު ބަގީޗާ: ފުރިހަމައަށް ތަރައްގީ ކުރި މުޅި ބަގީޗާ ވަނީ އެކަށް ފަނާވެފައި

ނަން، ސަލްޓަން ޕާކަށް ބަދަލުކޮށްފައިވާ ރަސްރަނި ބަގީޗާގެ މެދުގައި އޮންނަ ދިއްލޭ ފެންއަރުވާ ވަޑާމުގެ ގިނަ ބައިބަޔާއި ބޮކިތައް މަސައްކަތެއް ނުކުރެ އެވެ. އެ ފެންގަނޑު ވެސް ވަނީ ގަދަ ފެއްސަށް ބަދަލުވެ މަދިރިފަނި އަޅާފަ އެވެ. އަދި މުޅި ހިސާބުގެ މަންޒަރު ހުތުރު ކޮށްލާފައި ވެއެވެ.

ބަގީޗާގައި ކުޑަކުދިން އެންމެ ގަޔާވި ދާގަނޑެންހެން އޮންނަ އެތި ސާފު ނުކޮށް އޮވެ އޮވެ މުޑުދާރު ވެގެން ގޮސް އެތައް ފަހަރަކު ތެމި ހިކިފައިވުމުން ދުވާ ތަންމުޑުވަހުން މިހާރު ހިސާބުގަނޑާ ކައިރިވެލާން ނުކެރެ އެވެ. މާލޭގެ ހުރިހާ އަވަށެއް ގުޅޭ ނިމުމުގައިވާ ތާރީހީ އަދި މުހިންމު ބަގީޗާގެ ހުޅަނގު ކޮޅުގައި ހުންނަ 100 އަހަރަށް ވުރެ ގިނަ ދުވަސްވީ ތާރީހީ އިމާރާތް ކައިރިއަށް ދިޔައިމާ ލިބެނީ ސިހުމެވެ. "އުސްގެކޮޅު" މިހާރު ހުރީ ބާ މުދާ ވައްދާ ގުދަނަކަށް ބަދަލު ކޮށްފަ އެވެ!