ޖަލު ރިޕޯޓް ތަންފީޒު ކުރެވޭ މިންވަރު ބަލަން ކޮމެޓީއެއް އެކުލަވާލައިފި އެވެ.
ކަރެކްޝަނަލް ސާވިސްއިން ބުނީ "ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019" ގެ ހުށަހެޅުންތަކުގެ ތެރެއިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ހުށަހަޅާފައިވާ ހުށަހެޅުންތައް އަމަލީ ގޮތުން ތަންފީޒު ކުރުމަށާއި، ތަންފީޒު ކުރެވޭ މިންވަރު ބެލެހެއްޓުމަށް ހާއްސަ ކޮމިޓީއެއް ކޮމިޝަނަރު އޮފް ޕްރިޒަންސް މިއަދު އުފައްދަވާފައިވާ ކަމަށެވެ.
އަދި މިކޮމެޓީގެ މެމްބަރުންނާއި މިއަދު ސީޕީ ބައްދަލުކުރައްވާ ހުށަހެޅުންތައް ތަންފީޒުކުރުމަށް ކުރަންހުރި މަސައްކަތްތައް ހާއްސަ އިސްކަމެއް ދެއްވާއިގެން ކޮއްދެއްވުމަށް އެދިފައިވާ ކަމަށް ކަރެކްޝަނުން ބުނެއެވެ.
މި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ކަރެކްޝަންގެ ޑިޕާޓްމަންޓްތަކުގެ އިސް ބައެއް ބޭފުޅުންނެވެ.
މިދިޔަ އަަހަރުގެ އެޕްރީލް މަހު ނެރުނު ޖަލު ރިޕޯޓުގައި، ޖަލަށް ގެންނަން ބޭނުންވާ ބަދަލުތަކާއި އިސްލާހު ކުރަންޖެހޭ 180 އަށްވުރެ ގިނަ ކަންތައްތައް ފާހަގަ ކޮށްފައި ވެ އެވެ
ޖަލު އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ހުރި ކަންކަން ތަންފީޒު ކުރޭތޯ ބަލަން ހޯމް މިނިސްޓްރީންވެސް ވަނީ ކޮމެޓީއެއް އެކުލަވާލާފައެވެ. އެއީ ޖޫން 3، 2019 ގައެވެ.
"ޕްރިޒަންސް ރިފޯމް މޮނިޓަރިން ކޮމެޓީ" ގެ ނަމުގައި އެކުލަވާލި މި ކޮމިޓީގައި ފަސް މެމްބަރުން ހިމެނި ވަޑައިގަންނަވަ އެވެ.
ކޮމިޓީގެ ހިމެނި ވަޑައިގަންނަވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރާއި މިހާރުގެ ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދާއި ސުޕްރިޓެންޑެންޓް އޮފް ޕްރިޒަންސް މުހައްމަދު އާސިފް އަދި ފުލުހުންގެ ތަރުޖަމާނު އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރެވެ. ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވާނީ މިނިސްޓަރު އިމްރާނެވެ.