މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސް އާސިފް ސަސްޕެންޑްކޮށްފި

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފް ސަސްޕެންޑް ކޮށްފި އެވެ.

އޭނާ ސަސްޕެންޑް ކުރީ ކަރެކްޝަންސް ބަލަމުންދާ ހިޔާނާތުގެ މައްސަލައެއްގެ ތުހުމަތުގައެވެ.

އާސިފަށް ތުހުމަތު ކުރެވެނީ ޕްރިޒަންސް ކްލަބުގެ ފައިސާތަކެއް އަމިއްލަ އެކައުންޓްތަކަކަށް ޖަމާކުރި މައްސަލައެއްގައެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި ފެންމަތިވި މިމައްސަލައިގައި އާސިފަށް ކުރާ ތުހުމަތުގައިވާ ގޮތުން އޭނާ ވަނީ ޕްރިޒަންސް ކުލަބުގެ އެކައުންޓުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ނަގާފަ އެވެ.

އާސިފް އިއްޔެ އިން ފެށިގެން ސަސްޕެންޑްކޮށްފައިވާ ކަމަށް ކަރެކްޝަންސް މުވައްޒަފުންނަށް އެ އިދާރާ އިން ވަނީ އަންގާފަ އެވެ.

ކަރެކްޝަންސް އިން އާސިފަށް ފޮނުވި ލިޔުމެއްގައި ވަނީ ކަރެކްޝަންސްގެ އެޗްއާރުގެ ހުއްދަ ނެތި އެ އިދާރާގެ އެއްވެސް އިމާރާތަކަށް ނުވަނުމަށް އަންގާފަ އެވެ.