މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

60 ޖަލު އޮފިސަރުން ހޯދަނީ

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް 60 ޖަލު އޮފިސަރުން ހޯދަން އިއުލާނުކޮށްފި އެވެ.

ކަރެކްޝަނުން މިއަދު ބުނީ ފިރިހެން ގައިދީންނާއި ބަންދު މީހުން ބަންދު ކޮށްފައިތިބޭ ޖަލުތަށް 60 އޮފިސަރުން ބޭނުންވާ ކަމަށެވެ. މި މަގާމަށް ކުރިމަތިލެވޭނީ 18 އަހަރާ 30 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ކޮށްފައިވާ މީހަކަށް ނުވުމާއި، އެއްވެސް އިރެއްގައި ކުށުގެ ރެކޯޑެއް އޮތް މީހަކަށްވެސް ވެގެން ނުވާނެ ކަމަށް ވަނީ ބުނެފައެވެ.

ޖަލު އޮފިސަރަކަށް މަހަކު 15،072 ރުފިޔާ އެލަވަންސްތަކާއެކު ލިބޭނެއެވެ. ނަމަވެސް ޕްރޮބޭޝަން މުއްދަތު ގައި ލިބޭނީ ހަމައެކަނި އަސާސީ މުސާރަ ކަމަށްވާ 6،050 ރުފިޔާ ކަމަށް އިއުލާނުގައިވެއެވެ.

މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ފެބްރުއަރީ މަހުގެ ނުވަވަަނަ ދުވަހުގެ ކުރިން ފޯމް ހުށައެޅުމަށް ވަނީ އެދިފައެވެ.