ހަބަރު

ފަތުރުވެރިންނަށް ހަމަލާ ދިން މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

Feb 6, 2020
2

ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް ހަމަލާ ދިން މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އަންގާރަ ދުވަހުގެ ރޭގެ ހުޅުމާލޭ ރެޑްބުލް ދަނޑު ކައިރިން ހަމަލާދީފައި ވަނީ ޗައިނާ ދެ ފަތުރުވެރިޔަކަށާއި އޮސްޓްރޭލިއާގެ ފަތުރުވެރިއަކަށެވެ. އެ ތިން މީހުންނަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައިވާ އިރު މި ހަމަލާގެ ޒިންމާ ޓެރަރިސްޓް ޖަމާއަތަކުން ނަގާ ކަމަށްބުނެ އައިއެސްގެ ދިވެހި ޓެލެގްރާމްގައި ވަނީ ވީޑިއޯއެއް އާންމު ކޮށްފަ އެވެ.

ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ވަޅިން ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ތަހުގީގު އިތުރަށް ކުރިޔަށް ދާ ކަމަށެވެ. އެ މައްސަލައިގެ އިތުރު ތަފްސީލެއް ނުދެ އެވެ.

މި ހަމަލާ ދިނީ ހަރުކަށި ބައެއްކަން ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.