ހަބަރު

މީރާ ކަލެކްޝަން ސެންޓަރެއް ވިލިނގިލީގައި ހުޅުވައިފި

ގއ. ވިލިނގިލީގައި މީރާ ގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފި އެވެ.

މިރާ އިން ބުނީ ވިލިނގިލީގައި މިއަދު ހުޅުވި ކަލެކްޝަން ސެންޓަރަކީ އެ ސަރަހައްދުގެ ރައްޔިތުންނާއި ޓެކްސް ދައްކާ ފަރާތް ތަކަށް މީރާގެ ހިދުމަތްތައް ވީހާ ވެސް ގާތުން ދޭން ކުރާ މަސައްކަތްތަކުގެ ތެރެއިން ހުޅުވި ތަނެއް ކަމަށެވެ.

ވިލިނގިލީ މީރާގެ ކަލެކްޝަން ސެންޓަރު މިއަދު ހުޅުވައި ދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް އާއި ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު ފުއާދު އެވެ.

މީރާގެ އޮފީސްތައް 15 އަތޮޅެއްގައި ގާއިމު ކޮށްފައި ވެއެވެ.