ހަބަރު

ނޭކުރެންދޫގައި ދުވަސްވީ މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

ހދ. ނޭކުރެންދޫގައި ދުވަސްވީ މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ ރޭގެ ވަގުރެއްގައި ނޭކުރެެންދޫގައި އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. މި މާރާމާރީއާ ގުޅިގެން އެމީހާއަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިނުމަށް ނޭކުރެންދޫ ސިއްހީ މަރުކަޒަށް ގެންދެވިފައިވާާ ކަމަށާ އަދި އޭނާގެ ބޮލަށް ލިބިފައިވާ އަނިޔާތަކާއި ގުޅިގެން އިތުރު ޓެސްޓްތަކެއް ހެދުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށެވެ.

މީގެ އިތުުރުން އިތުރު ފަރުވާއަށް އެމީހާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މާރާމާރީ ހިންގާ ދުވަސްވީ އެ މީހާއަށް ހަމަލާދިން ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. އަދި މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވެސް ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.