ހަބަރު

މަޓީގެ ހިންގާ ބޯޑަށް މެމްބަރުން އައްޔަން ކޮށްފި

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަަމް އިންޑަސްޓްރީ (މަޓީ)ގެ ހިންގާ ބޯޑަށް މެމްބަރުން އައްޔަން ކުރައްވައިފި އެވެ.

މަޓީގެ ހިންގާ ބޯޑަށް މެމްބަރުން އައްޔަންކޮށްފައިވަނީ މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެ އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާގަ އެވެ. މި ޖަލްސާގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

މި ޖަލްސާގައި މަޓީގެ ޗެއާމަން މުހައްމަދު އުމަރު މަނިކާއި ސެކްރެޓަރީ ޖެނެރަލް އަހްމަދު ނަޒީރުގެ އިތުރުން އެ އެސޯސިއޭޝަންގެ 84 މެމްބަރަކު ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. ހިންގަ ކޮމިޓީއަށް މެމްބަރުން އައްޔަން ކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ ވޯޓުންނެވެ.

މަޓީގެ ހިންގާ ބޯޑަށް މިއަދު އައްޔަން ކުރެއްވި މެމްބަރުންނަކީ:

  • ޗެއާމަން އަކަށް، މުހައްމަދު އުމަރު މަނިކު
  • ވައިސް ޗެއާމަން އަކަށް، ހުސަން އަފީފް
  • ވައިސް ޗެއާމަން އަކަށް، ސަލާހް ޝިހާބް
  • ސެކްރެޓަރީ ޖެނެރަލް، އަހްމަދު ނަޒީރު
  • ފައިނޭންސަލް ކޮންޓްރޯލާ، އަހްމަދު ހަފީޒް
  • ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް، އައްސަދު އަލީ
  • އެގްޒެކްޓިވް ބޯޑް މެމްބަރު، އަހްމަދު ސިޔާމް މުހައްމަދު
  • އެގްޒެކްޓިވް ބޯޑް މެމްބަރު، އިޔާޒް ވަހީދު
  • އެގްޒެކްޓިވް ބޯޑް މެމްބަރު، އިބްރާހިމް ނޫރުއްދީން
  • އެގްޒެކްޓިވް ބޯޑް މެމްބަރު، ވިޝާ މާހިރު
  • އެގްޒެކްޓިވް ބޯޑް މެމްބަރު، އިސްމާއިލް ޝިޔާން ގާސިމް
  • އެގްޒެކްޓިވް ބޯޑް މެމްބަރު، އިބްރާހިމް ސިޔާދު ގާސިމް
  • އެގްޒެކްޓިވް ބޯޑް މެމްބަރު، ޒުލައިހާ މަނިކު
  • އެގްޒެކްޓިވް ބޯޑް މެމްބަރު، މޫސާ ސާލިހް
  • އެގްޒެކްޓިވް ބޯޑް މެމްބަރު، އައިޝަތު ނީނާ އަހްމަދު