އެމްއެމްއޭ

ގައުމީ އުފެއްދުންތެރިކަން 6.5 އިންސައްތަ އިތުރުވެއްޖެ

ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) -- ފޮޓޯ: އަވަސް
100%
0%
0%

މި އަހަރުގެ ތިންވަނަ ކުއާޓާރުގައި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން 6.5 އިންސައްތަ ކުރިއަރާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފި އެވެ.

މިއީ އަހަރުގެ ދެވަނަ ކުއާޓާރާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.

އެމްއެމްއޭގެ ކުއާޓާ ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖީޑީޕީ 7.7 އިންސައްތަ އިތުރުވި ނަމަވެސް ދެވަނަ ކުއާޓަރުގައި އިގްތިސާދު މަޑުޖެހި، ޖީޑީޕީ އިތުރުވުން 4.5 އިންސައްތައަށް ދަށްވި އެވެ. ނަމަވެސް ޖުލައިން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް ތިންވަނަ ކުއާޓަރުގައި ގައުމީ އުފެއްދުންތެރިކަން އަލުން އިތުރުވާން ފަށާފައިވެ އެވެ.

މި ކުރިއެރުމަށް އެންމެ ބޮޑު ހިއްސާއެއް ކޮށްފައިވަނީ ސަރުކާރުގެ ހިންގުމުގެ ދާއިރާއިންނާއި، ދަތުރުފަތުރާއި މުވާސަލާތީ ދާއިރާ އަދި ފަތުރުވެރިކަމުގެ ދާއިރާއަށް އައި ކުރިއެރުމާ ގުޅިގެންނެވެ. މީގެ އިތުރުން އިމާރާތްކުރުމާއި ހޯލްސޭލް އަދި ރީޓޭލް ވިޔަފާރީގެ ދާއިރާވެސް ވަނީ ކުރިއަރާފަ އެވެ.

އެހެންނަމަވެސް މި ކުއާޓަރުގައި މަސްވެރިކަމުގެ ދާއިރާ ވަނީ ހީނަރުވެފަ އެވެ. އެހެންވެ އެމްއެމްއޭގެ ރިޕޯޓުގައި ވަނީ މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތެރިކަން ރަނގަޅު ކުރަންޖެހޭކަން ފާހަގަކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
February
SunMonTueWedThuFriSat
2627282930311234567891011121314151617181920212223242526272812345678