ރާއްޖެއިން މި އަހަރުގެ ފުރަތަމަ ދެ މަހު މަސް އެކްސްޕޯޓްކުރި މިންވަރު އިތުރުވެއްޖެ އެވެ.
މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އާއި ފެބްރުއަރީ މަހު ރާއްޖެއިން 14،222.6 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެ އެވެ.
މިއީ ފާއިތުވި 2024 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން ބޭރުކުރި 10،526.7 މެޓްރިކް ޓަނުގެ މަހާ އަޅާބަލާއިރު 3،695.9 މެޓްރިކް ޓަނު އިތުރުވުމެކެވެ.
ރާއްޖެއިން މި އަހަރު އެންމެ ގިނައިން އެކްސްޕޯޓް ކުރީ ކަޅުބިލަ މަހެވެ.
އެ ގޮތުން ފެބްރުއަރީގެ ނިޔަލަށް 10،402 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ރާއްޖެއިން އެކްސްޕޯޓްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ބޭރުކުރީ 6،466 މެޓްރިކް ޓަނުގެ ކަޅުބިލަ މަހެވެ.
ރާއްޖެއިން މި އަހަރު 2،468 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި އެކްސްޕޯޓްކޮށްފައިވާއިރު މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި 750 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކުރި އެވެ.