މިފްކޯ

މިފްކޯއަށް ޖެނުއަރީ މަހެއްގައި އެންމެ ގިނައިން މަސް ކިރުވީ މިދިޔަ މަހު

ދޯންޏަކުން މިފްކޯއަށް މަސް ކިރަނީ -- ފޮޓޯ: އަވަސް
0%
0%
0%

ފާއިތުވި 28 އަހަރުގެ ތެރޭގައި ޖެނުއަރީ މަހެއްގައި ސަރުކާރުގެ މަސް ކުންފުނި -- މިފްކޯއަށް އެންމެ ގިނައިން މަސްކިރީ މިދިޔަ މަހު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިފްކޯ އިން މިއަދު ބުނީ ފާއިތުވި ޖެނުއަރީ މަހު އެ ކުންފުންޏަށް 8،324 ޓަނުގެ މަސް ކިރުވާފައިވާ ކަމަށެވެ.

މިއީ 1997 އިން ފެށިގެން މިހާތަނަށް ޖެނުއަރީ މަހެއްގައި މިފްކޯއަށް އެންމެ ގިނައިން މަސް ކިރުވި ފަހަަރެވެ.

މަސްވެރިން މިފްކޯއަށް ކިރާ މަހަށް ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް މިދިޔަ ޑިސެމްބަރު މަހު މަސްވެރިންނަށް ވަނީ ފައިސާ ދޫކުރަން ފަށާފަ އެވެ.

މިފްކޯ އިން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު މިދިޔަ ޖެނުއަރީ މަހު 91 ދޯންޏަކުން ކިރުވި މަހަށް 4.2 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910