މަސްވެރިކަން

މިދިޔަ އަހަރު މަހުގެ އެކްސްޕޯޓް ދަށަށް

ރާއްޖެއިން މިދިޔަ އަހަރު މަސް އެކްސްޕޯޓްކުރި މިންވަރު ދަށަށް ހިނގައްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖެއިން ބޭރުކޮށްފައިވަނީ 40،050.2 މެޓްރިކް ޓަނުގެ މަހެވެ.

މިއީ 2023 ވަނަ އަހަރު ރާއްޖެއިން ބޭރުކުރި 78،766.4 މެޓްރިކް ޓަނުގެ މަހާ އަޅާބަލާއިރު 38،716.2 މެޓްރިކް ޓަނު -- 49.2 ޕަސެންޓް މަދު އަދަދެކެވެ.

ރާއްޖެއިން މި އަހަރު އެންމެ ގިނައިން އެކްސްޕޯޓް ކުރީ ކަޅުބިލަ މަހެވެ.

އެ ގޮތުން މިދިޔަ އަހަރު 22،391.7 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ރާއްޖެއިން އެކްސްޕޯޓްކޮށްފައިވެ އެވެ. ނަމަވެސް 2023 ވަނަ އަހަރު 54،732 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ބޭރުކޮށްފައިވެ އެވެ.

ރާއްޖެއިން މިދިޔަ އަހަރު 9،331 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި އެކްސްޕޯޓްކޮށްފައިވާއިރު މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި 5،811 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކުރި އެވެ.