އިމްޕޯޓް އެކްސްޕޯޓް

ޖެނުއަރީ މަހު އެކްސްޕޯޓް ދަށަށް

މާރުކޭޓުގައި ކަނޑާފައި ހުރި މަސްތަކެއް -- ފޮޓޯ: އަވަސް
0%
0%
0%

ރާއްޖެއިން އެކްސްޕޯޓްކުރި މިންވަރު މިއަހަރުގެ ޖެނުއަރީ މަހު ދަށަށް ހިނގައްޖެ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން އެކްސްޕޯޓްކުރީ 144 މިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖެނުއަރީ މަހު 173 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ފާއިތުވި ޖެނުއަރީ މަހު ގަނޑުކުރި ކަޅުބިލަ މަހުގެ އެކްސްޕޯޓް އިތުރުވި ނަމަވެސް މަސްދަޅާއި ކަންނެލި އަދި މަހުގެ އެހެނިހެން އުފެއްދުންތަކުގެ އެކްސްޕޯޓް ވަނީ ދަށްވެފަ އެވެ.

މަހުގެ އެކްސްޕޯޓް ތަފާސްހިސާބު

  • ގަނޑުކުރި ކަޅުބިލަ މަސް: ޖެނުއަރީ 2025 - 73 މިލިއަން ރުފިޔާ | ޖެނުއަރީ 2024 - 43 މިލިއަން ރުފިޔާ
  • ކަޅުބިލަ މަސް (ތައްޔާރުކޮށްފަ -- މަސްދަޅު): ޖެނުއަރީ 2025 - 29 މިލިއަން ރުފިޔާ | ޖެނުއަރީ 2024 - 58 މިލިއަން ރުފިޔާ
  • ގަނޑުކުރި ކަންނެލި: ޖެނުއަރީ 2025 - 15 މިލިއަން ރުފިޔާ | ޖެނުއަރީ 2024 - 26 މިލިއަން ރުފިޔާ
  • ފްލޯސް، މީލްސް އަދި ޕެލެޓްސް(އިންސާނުން ކެއުމަށް ބޭނުން ނުކުރާ): ޖެނުއަރީ 2025 - 6 މިލިއަން ރުފިޔާ | ޖެނުއަރީ 2024 - 12 މިލިއަން ރުފިޔާ
  • ކަންނެލި ޗަންކް: ޖެނުއަރީ 2025 - 4 މިލިއަން ރުފިޔާ | ޖެނުއަރީ 2024 - 6 މިލިއަން ރުފިޔާ

ފާއިތުވި ޖެނުއަރީ މަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށެވެ.

ތައިލެންޑަށް 68 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު މިއީ ޖުމްލަ އެކްސްޕޯޓްގެ 47 ޕަސެންޓެވެ.

އިނގިރޭސިވިލާތަށް 25 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކުރިއިރު ވިއެޓްނާމަށް 15 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކުރި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345