ޑރ. މުހައްމަދު މުއިއްޒު

މިފްކޯގައި އޮތް ކޮރަޕްޝަން މުލުން ލުހެލާނަން: ރައީސް

މިފްކޯ -- ފޮޓޯ: އަހުމަދު އަޒާން | އަވަސް
0%
0%
0%

މިފްކޯގައި އޮތް ކޮރަޕްޝަން މުލުން ލުހެލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ މިފްކޯގައި ޒަމާންވީ ގޯސް ކަންތައްތަކެއް ހިނގާ ކަމަށާއި އެކަންކަން ހައްލުކުރައްވާނެ ކަމަށެވެ.

"އެތާ (މިފްކޯ) އެތެރޭގައި ޒަމާންވީ އެކިއެކި ގޯސް ކަންތައްތައް ހިނގާ. އަޅުގަނޑު ގަބޫލުކުރަނީ ކޮރަޕްޝަންގެ އަމަލުތަކެއްގެ ގޮތަށް ފެންނަ ކަންތައްތަކެއް. އަޅުގަނޑުމެން އެ ހުރިހާ ކަމެއް އެތަނުން މުލުން ލުހެލާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެގޮތުން މިފްކޯ ހަރުދަނާކުރުމަށް ބޭރުގެ ސީއީއޯއެއް ހަމަޖައްސާފައިވާކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ރަނގަޅަށް ތަރައްގީ ކުރެވިއްޖެނަމަ އެއީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ހޯދޭނެ ސިނާއަތް ކަމަށެވެ.

ފަތުރުވެރިކަމަކީ ރާއްޖޭގެ ޖީޑީޕީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ސިނާއަތްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ފަތުރުވެރިކަމަށްވުރެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވޭނެ ކަމަށެވެ.

"މަސްވެރިކަމުގެ އިންޑަސްޓްރީއަކީ އެއަށްވުރެވެސް (ފަތުރުވެރިކަމަށްވުރެ) މައްޗަށް ގެންދެވޭނެ އިންޑަސްޓްރީއެއް. ޑައިވާސިފައިކުރަން ވެސް އެބައޮތް ވަރަށް ބޮޑަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވަނީ މަސްވެރިންނަށްވެފައިވާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ ވައުދު މިދިޔަ ޑިސެމްބަރު 10 އިން ފެށިގެން ފުއްދަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910