އެމްއެމްއޭ

2023: އިގުތިސާދުގައި 59 ބިލިއަން ރުފިޔާ ދައުރުވި

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ -- ފޮޓޯ: އަވަސް
0%
0%
0%

ރާއްޖޭގެ އިގުތިސާދުގައި މިދިޔަ އަހަރު ޖުމްލަ 59 މިލިއަން ރުފިޔާ ދައުރުވި ކަމަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފި އެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައިވާ ގޮތުން އިގުތިސާދުގައި ދައުރުވާ ފައިސާ ވަނީ ހަތް ޕަސެންޓް އިތުރުވެފަ އެވެ.

އެމްއެމްއޭ އިން ހާމަކުރި ގޮތުގައި 2022 ވަނަ އަހަރު އިގުތިސާދުގައި ދައުރުވާ ފައިސާ އިތުރުވީ ހަ ޕަސެންޓަށެވެ.

އިގުތިސާދުގައި ދައުރުވާ ފައިސާ އިތުރުވި ސަބަބެއްގެ ގޮތުގައި އެމްއެމްއޭ އިން ފާހަގަކުރީ ނެޓް ޑޮމެސްޓިކް އެސެޓް (އެންޑީއޭ) އިތުރުވުމެވެ. އަހަރުން އަހަރަށް ބަލާނަމަ އެންޑީއޭ ޑިސެމްބަރު 2023 ގެ ނިޔަލަށް 16 ޕަސެންޓް އިތުރުވެފައިވާ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

މި އަދަދު އިތުރުވީ ކޮމާޝަލް ބޭންކްތަކުން ޕްރައިވެޓް ސެކްޓަރަށް ދޫކުރި ފައިސާ އިތުރުވުމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345