ކުޑަހުވަދޫ

ނަގޫރޯޅިއެއް އަރައި ގެއެއްގެ ފުރާޅު އެއްލާލައިފި

Feb 28, 2020

ދ. ކުޑަހުވަދޫއަށް މިއަދު ހަވީރު ނަގޫރޯޅިއެއް އަރައި އެ ރަށުގެ ގެއެއްގެ ފުރާޅު އެއްލާލައިފި އެވެ. ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ.

އެމްއެންޑީއެފް އިން ބުނީ ކުޑަހުވަދޫއަށް ނަގޫރޯޅިއެއް އަރައި އެއްލާލާފައި ވަނީ އެ ރަށު "މަނަސް" ގޭގެ ފުރާޅު ކަމަށެވެ. ފުރާޅު އެއްލައިލުން ފިޔަވައި އިތުރު ގެއްލުމެއް އެ ގެއަށް ވެސް ލިބިފައެއް ނުވެ އެވެ.

ހާދިސާއަށް ފަހު އެމްއެންޑީއެފްގެ ކުޑަހުވަދޫ ޕޯސްޓްގެ ސިފައިން އެ ގޭގެ ފުރާޅުލައި ދިނުމުގައި އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.