ހަބަރު

ކޮޅިގަނޑެއްގައި ކުޑަހުވަދޫ ދެގެއަކަށް ގެއްލުން ވެއްޖެ

ރޭ ދަންވަރު ދ. ކުޑަހުވަދޫއަށް މޫސުން ގޯސްވެ އައި ކޮޅިގަނޑެއްގައި އެ ރަށުގެ ގެއަކަށް ގެއްލުންތަކެއްވެއްޖެ އެވެ.

ފުލުހުން ބުނީ ބާރުގަދަ ކޮޅިގަނޑުގައި ކުޑަހުވަދޫއަށް ވައިގަދަވުމުގެ ސަބަބުން އެރަށުގައި ހަދަމުންދާ ގެއެއްގެ ދެވަނަ ފަންގިފިލާގައި ރާނަމުންދިޔަ ފާރެއް ޖެހިގެންހުރިގޭ ފުރާޅު މައްޗަށް ވެއްޓިފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އެގޭ ފުރާޅާއި ސީލިންގް ވެސް ވެއްޓި ކޮޓަރިތެރޭ ހުރި ފަރުނީޗަރުތަކަށް ވެސް ގެއްލުންތައް ވެފައިވާ ކަމަށެވެ.

ކޮޅިގަނޑެއް އައިސް ގެއްލުންތަކެއްވީ ނަމަވެސް މި ހާދިސާގައި އެގޭގެ އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

ރާއްޖޭގެ ބައެއް ސަރަހައްދުތަކަކަށް މުސޫން ގޯހެވެ. އަދި ބައެއް ސަރަހައްދުތަކަށް ވައިގަދަވެފައި ވެއެވެ.