މޯލްޑިވްސް ޕޮލިސް ސާވިސް

ކަޔަކްގައި މޫދަށް ނިކުމެ އުޅުނު މީހާ ފެނިއްޖެ

ކަޔަކެއްގައި މޫދަށް ނިކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ އެވެ.

ކަޔަކެއްގައި ނިކުމެ އުޅެނިކޮށް ގެއްލުނީ ބަންގްލަދޭޝްގެ ފިރިހެނެކެވެ.

އޭނާއަކީ ރަފެލްސް މޯލްޑިވްސް ރިސޯޓުން ދުއްވާ ދޯންޏެއްގައި މަސައްކަތްކުރާ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ އިއްޔެ މެންދުރުފަހު 3:30 ހާއިރު އެވެ.

ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުންދިޔަ މީހާ ކަޔަކް ބޯޓުގައި ގއ. ރިސޯޓަކަށް މިއަދު ގޮސްފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.