މޯލްޑިވްސް ޕޮލިސް ސާވިސް

ކެނޯއެއްގައި މޫދަށް ނިކުމެ އުޅުނު މީހަކު ގެއްލިގެން ހޯދަނީ

ކެނޯއެއްގައި މޫދަށް ނިކުމެ އުޅުނު މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ.

އެ މީހާ އަކީ ރަފެލްސް މޯލްޑިވްސް ރިސޯޓުން ދުއްވާ ދޯންޏެއްގައި މަސައްކަތްކުރާ މީހެއް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މި މީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 3:30 ހާއިރު އެވެ.

ފުލުހުން ބުނީ އޭނާ ހޯދުމުގެ މަސައްކަތް ކަމާ ގުޅޭ ފަރާތްތަކާ ގުޅިގެން ކުރަމުންދާ ކަމަށާއި އަދި ފެނިފައި ނުވާ ކަމަށެވެ.