ހަބަރު

ސައިރިކްސްގައި އެމްއެސްޔޫގެ ކޯސްތައް ހިންގަނީ

މެލޭޝިއާގެ މެނޭޖްމެންޓް އެންޑް ސައިންސް ޔުނިވާސިޓީ (އެމްއެސްޔޫ) އާއި ސައިރިކްސް ކޮލެޖާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފި އެވެ.

ސައިރިކްސް ކޮލެޖްގައި ބޭއްވި ރަސްމިއްޔާތެއްްގައި މި އެއްްބަސްވުމުގައި އެމްއެސްޔޫގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ އެވެ. އަދި ސައިރިކްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކޮލެޖްގެ ރެކްޓާ އެވެ.

މި އެއްބަސްވުމުގެ ދަށުން އެމްއެސްޔޫގެ ކޯސްތައް ސައިރިކްސް ކޮލެޖްގައި ހިންގާނެ އެވެ. އަދި ސްޓޫޑެންޓް އެކްސްޗޭންޖް ޕްރޮގްރާމްތައްވެސް ކުރިޔަށް ގެންދާނެ އެވެ.