ހަބަރު

އޭސް ހާޑްވެއާއި ކަލާ ބޭންކްގެ 20،000ރ. ލިބޭ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފި

އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަ އަދި ކަލާ ބޭންކް ގުޅިގެން މިއަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ބޭއްވި "އެންމެންގެ ރޯދަ ސޭލް" ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރި ފަރާތް ހޮވައިފި އެވެ.

މި ޕްރޮމޯޝަންގައި އޭސްހާޑްވެއާ އަދި ކަލާބޭންކުގެ ފިހާރަތަކުން 300ރ. އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ކޫޕަނެއް ލިބިގެންދާނެ އެވެ. އެގޮތުން ކޮންމެ 10 ދުވަހަކުން ގުރުއަތުން ހޮވޭ ފަރާތަކަށް 20،000 ރުފިޔާ ލިބިގެންދާނެ އެވެ.

މި ޕްރޮމޯޝަންގެ ދަށުން ފުރަތަމަ 10 ދުވަހުގެ ގުރުއަތުން ހޮވިފައިވަނީ ހުސައިން އިބާދު އެވެ.


މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އަންނަ އެޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މިޕްރޮމޯޝަންގައި ކަލާ ބޭންކްގެ އާ ފިހާރަ، ކަލާ ބޭންކް ހޯމް ވެސް ހިމެނެ އެވެ. މި ފިހާރަޔަކީ ހުޅުމާލޭގައި މިދިޔަ އަހަރު ހުޅުވި ފިހާރައެކެވެ.

ރޯދަޔަށް ހާއްސަކޮށް އޭސްހާޑްވެއާ އާއި ކަލާބޭންކް އިން ކުރިއަށްދާ މި ޕްރޮމޯޝަނުގައި ގިނަ އަދަދެއްގެ ސާމާނުގައި 90 ޕަސެންޓާއި ހަމައަށް ބޮޑެތި ޑިސްކައުންޓްތަކެއް ލިބިގެންދާނެ ކަމަށް އޭސްހާޑްވެއާއިން ބުނެ އެވެ. މިޕްރޮމޯޝަން ސޯޝަލްމީޑިޔާގައި ވެސް ކުރިޔަށްދާނެ އެވެ. މީގެ ތެރެއިން އޭސް ހާޑްވެއާގެ ފޭސްބުކް ޕޭޖްގައި ވަރަށް ހާއްސަ ކޮންޓެސްޓްތަކެއް ކުރިއަށް ދާނެ އެވެ. ގުރުވަތުން ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމް ތަކެއް ލިބޭނެ ކަމަށް އޭސް ހާޑްވެއާ އިން ބުނެ އެވެ. އަދި ކަލަ ބޭންކްގެ ފޭސްބުކް ޕޭޖްގައި ހިންގާ ކޮންޓެސްޓް ކާމިޔާބު ކުރާ ފަރާތަކަށް ވެސް އަގުހުރި އިނާމް ތަކެއް ލިބޭނެ އެވެ.