އެޑްވަޓޯރިއަލް

ޓްރީ ޓޮޕް ހޮސްޕިޓަލުން ކޮލޮނޮސްކޮޕީ ޕްރޮސީޖާ އަލުން ފަށައިފި

Apr 2, 2020

އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ޓްރީ ޓޮޕް ހޮސްޕިޓަލްގެ ޖެނެރަލް ސާޖަރީ ޑިޕާޓްމެންޓުން ކޮލޮނޮސްކޮޕީ ޕްރޮސީޖާ އަލުން ފަށައިފި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން މި ހިދުމަތް އަލުން ފެށީ އިއްޔެ އެވެ. މި ޕްރޮސީޖާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ ކޮންސަލްޓަންޓް އޮންކޮސާޖަން ޑރ. މުހައްމަދު ޝިފާނެވެ. ދެން މި ޓީމުގައި ހިމެނެނީ އެ ހޮސްޕިޓަލުގެ ހުނަރުވެރި އެނެސްތެޓިސްޓުންނާއި ނަރުހުންގެ ޓީމެކެވެ.

ކޮލޮނޮސްކޮޕީއަކީ މައިގަނޑު ގޮތެއްގައި ފަލަ ގޮހޮރުގައި އުފެދޭ ބަލިތައް ބެލުމަށް ހަދާ ޓެސްޓެކެވެ. މި ވަސީލަތުގެ ޒަރިއްޔާ އިން ޕޮލިޕްސް އަދި އާދަޔާ ހިލާފަށް އުފެދޭ ޓިޝޫތައް ނެގުމާއި ޓިޝޫ ސާމްޕަލް ނުވަތަ ބައޮޕްސީ ނެގުމަށް މަގު ފަހިކޮށްދެ އެވެ. އެހެންކަމުން ކޮލޮނޮސްކޮޕީން ގޮހޮރުގެ ބަލިތަކާއި ފަލަ ގޮހޮރުގެ ކެންސަރު ފަދަ ބަލިތަށް ދެނެގަނެ އެކަމަށް ފަރުވާ ދިނުމަށް އެހީވެދޭނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި މި ޕްރޮސީޖާ ހިންގުމަށް އާންމު ގޮތެއްގައި ހަރަކާތްރެރި ވާނީ ޖެނެރަލް ސާޖަނުނަންނާއި އެނެސްތެޓިސްޓުން އަދި އަމަލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިވެރިވާ ހުނަރުވެރި ނަރުހުންގެ ޓީމެކެވެ. ތަޖްރިބާކާރު ޖެނެރަލް ސާޖަނުންގެ އެ ޓީމަކީ ޒަމާނީ އާލާތްތަކުގެ އެހީގައި ފެންވަރު ރަނގަޅު ފަރުވާތައް ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ ޓީމެކެވެ.

ސިއްހަތު ރަނގަޅުވެފައި ކޮލޮން ކެންސަރުގެ ރިސްކެއް ނެތް ނަމަވެސް 50 އަހަރު ވުމާއެކު އަދި އެއަށް ފަހު ކޮންމެ 10 އަހަރަކުން ކޮލޮނޮސްކޮޕީ ޕްރޮސީޖާ ހެދުމަކީ ޑޮކްޓަރުންގެ އިރުޝާދު ދެއްވާ ކަމެކެވެ. ފަލަ ގޮހޮރުގެ ކެންސަރުގެ ރިސްކު ކުޑަ ކުރުމަށާއި އުފެދިދާނެ ކޮލޮނިކް ޕޮލިޕްސް ކެންސަރަށް ބަދަލުވުމުގެ ކުރިން ކޮލޮނޮސްކޮޕީގެ އެހީގައި ނެގުމަކީ ވަރަށް މުހިންމު ކަމަކަށްވާތީ އެވެ.

ފަލަ ގޮހޮރުގެ ކެންސަރު އަދި ޕޮލިޕްސް ހުންނަ މީހުންގެ އާއިލާގެ ތެރޭގައި ހިމެނުމަކީ މި ބަލިތަށް އަމިއްލައަށް ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމެކެވެ. މިގޮތުން ސަމާލު ވާންވީ ކަންތައްތަކުގެ ތެރޭގައި މި ފަދަ ބައްޔެއް އާއިލާގެ މީހަކަށް ޅަ އުމުރުގައި ދިމާވުން ހިމެނެ އެވެ. މި ފަދަ މީހުން އާއިލާގައި ހިމެނޭ ނަމަ އެ ބައްޔެއް ދިމާވި މީހެއްގެ އުމުރުގެ 10 އަހަރު ކުރިޔަށް ގުނައި އެ މުއްދަތުގައި މި ބަލިތަކަށް އާއިލާގެ އެހެން މީހުން ސްކްރީން ކުރުން ވަރަށް މުހިންމެވެ.

ފެމިލިއަލް އެޑެނޮމަޓޮސް ޕޮލިޕްސް އަދި ހެރެޑިޓަރީ ނޮން ޕޮލިޕްސަސް ކެންސަރު (ލިންޗް ސިންޑްރޯމް) ނުވަތަ އާއިލީ ގޮތުން ވާރުތަވާ މި ފަދަ އެހެން ބައްޔެއް ހުންނަ މީހުންނަކީ ފަލަ ގޮހޮރުގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު މީހުންނެވެ. މި ފަދަ ހާލަތްތަކުގައި އެ ކޭހަކާއިގުޅޭ ގޮތުން އަވަސް ގޮތެއްގައި ސްކްރީން ކުރުމަށް ޑޮކްޓަރުން ލަފާދެއްވައި ފާނެ އެވެ.

ކޮލޮނޮސްކޮޕީ ސްކްރީނިންގެ ސަބަބުން ފަލަގޮހޮރުގެ ކެންސަރު އޭގެ އެންމެ ހަލުވި ސެޓޭޖްގައި ޕޮލިޕްސް ބޮޑުވެ ފެތުރުމުގެ ކުރިން ދެނެގަނެވޭނެ އެވެ. އަދި މިކަމުގެ ސަބަބުން ކޮލޮރެކްޓަލް ކެންސަރު އިތުރަށް ފެތުރުން ހުއްޓުވައި ފަރުވާ ދިނުމަށް ފަސޭހަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސާޖަރީ ޑިޕާޓްމެންޓުން ދަނީ ތަފާތު އެތަށް ބަލިތަކާއި ސާޖަރީއެއް ހުރިހާ އުމުރުފުރައަށް އަމާޒު ކޮށްގެން ކުރިއަށް ގެންދަމުންނެވެ. ކޮލޮނޮސްކޮޕީ ޕްރޮސީޖާއާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދަށާއި އެޕޮއިންޓްމެންޓް ހައްދަން 3351610 މިނަމްބަރު ހަމަޖައްސާފައި ވެއެވެ.