އެކްސިޑެންޓް

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ޕާކުކޮށްފައި އޮތް ވޭނެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހި ގުލްއަލާމާ ހިނގުމުން ހުޅަނގުން އިރަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު ކުރިމަތީ ޕާކުކޮށްފައި އޮތް ވޭނެއްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓް ހިނގާފައިވާ ފެނުނީ ރޭ 2:32 ހާއިރު ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށެވެ.

މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެގެން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ފުލުހުން ބުނި ގޮތުގައި އެއީ އުމުރުން 19 އަހަރުވެ ދިވެހި ފިރިހެނެކެވެ.

އެކްސިޑެންޓްގައި ސައިކަލު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާޢިރު އިމިގްރޭޝަންގެ ވޭނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

ފުލުހުން ދަނީ މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެޙޭ ކަންކަން ބަލަމުންނެވެ.