މަގުމަތީގެ އެކްސިޑެންޓް

ސްޕޯޓްސް ކާރު އެކްސިޑެންޓް: ތިން މީހުންގެ މައްސަލަ ޕީޖީއަށް ފޮނުވައިފި

ވިނަރެސް ފްލެޓް ކައިރީގައި ޖުލައި 31 ވަނަ ދުވަހު ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުން -- ފޮޓޯ: ޕޮލިސް
0%
0%
0%

ހުޅުމާލޭގައި މިދިޔަ ޖުލައި 31 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ބާރު ސްޕީޑުގައި ދުއްވި ކާރަކުން ޖެހި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުންނަށް ދައުވާކުރުމަށް ފުލުހުންގެ އިދާރާ އިން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

ވިނަރެސް ފްލެޓްތަކުގެ ކައިރީގައި ހިނގި މި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ. ނޫރަންމާގެއާގެ އިކްރާމުއްރަހްމާން އާއި، މ. ލޭންޑް އޮފް ގާޑަން އިބްރާހީމް އިކްރާމް އަދި ގއ. ކަނޑުހުޅުދޫ، އާޒާދުގޭ، ޖިނާހް އިސްމާއީލް އެވެ.

ފުލުހުން މިއަދު ބުނީ މި ތިން މީހުންނަށް ދައުވާކުރަން ފޮނުވި މައްސަލަ ޕީޖީ އޮފީހުން ބަލައިގެންފައިވާ ކަމަށެވެ.

މިއެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވި ސްޕޯޓްސް ކާރެއް ކޮންޓްރޯލް ނުވެ ގޮސް އެ ވަގުތު އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި އިން މީހެއްގެ ގައިގައި ޖެހިގެންނެވެ.

މި ތިން މީހުން ދުއްވީ ކާރަކީ މާލެ ސަރަހައްދުގައި ދުއްވަން ރަޖިސްޓްރީކޮށްފައިވާ ކާރެއް ނޫން ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.

އެކްސިޑެންޓަށް ފަހު މި މީހުން ފިލައިގެން އުޅެނިކޮށް ހައްޔަރުކުރީ ޖުލައި 31 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910