ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކެޔޮދޫ ލޮކްޑައުންކޮށް ދިވެއްސަކު ޓެސްޓް ކުރަނީ

Apr 2, 2020

ގެސްޓްހައުސްތައް ގިނަ، ވ. ކެޔޮދޫ ލޮކްޑައުންކޮށް އެ ރަށުން ދިވެއްސަކު ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ފަށައިފި އެވެ.

ކޮވިޑް-19ގެ އަލާމާތް ދިވެއްސަކު ފަރާތުން ފެނިފައިވާއިރު ކެޔޮދޫއަށް މީހުން އެރުމާއި ފޭބުން މަނާކޮށްފައިވަނީ އެމީހާގެ ޓެސްޓްގެ ނަތީޖާ ލިބެންދެނެވެ.

މީގެކުރިން އެ އަތޮޅު ތިނަދޫ ވެސް ލޮކްޑައުންކުރި އެވެ. ނަމަވެސް 24 ގަޑިއިރު ނުވަނީސް އެ ރަށް ލޮކްޑައުން ނެގި އެވެ. އެއީ އެ ރަށުން އަލާމާތް ފެނުނު މީހުންގެ ނަތީޖާ ނެގެޓިވްވުމާ ގުޅިގެންނެވެ.

މިހާތަނަށް ރާއްޖޭގައި 19 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅުވެ މިހާރު ތިބީ މޮނީޓަރިންގެ ކަރަންޓީނުގަ އެވެ. ޕޮޒިޓިވްވި ދެ އިޓަލީ މީހަކު ވަނީ ރާއްޖެއިން ގޮސްފަ އެވެ.

ފަރުވާދެމުން މިހާރު ދަނީ ހަތަރު މީހަކަށެވެ. އެއީ، އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެހިންނެވެ. އެމީހުން ރާއްޖެ އައި ގޮތަށް ތިބީ ކަރަންޓީނުގަ އެވެ. ނަމަވެސް އެމީހުން ކޮންޓެކްޓްވި މީހުން ވަނީ އެކަހެރިކޮށްފަ އެވެ.