ވިޔަފާރި

އޭސް ހާޑްވެއާ އާއި ކަލަ ބޭންކުގެ ނަސީބުވެރިޔާ ހޮވައިފި

Apr 6, 2020

އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަ އަދި ކަލަ ބޭންކް ގުޅިގެން މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން ފެށި ޕްރޮމޯޝަންގެ ތިން ވަނަ ނަސީބުވެރިޔާ ހޮވައިފި އެވެ.

"އެންމެންގެ ރޯދަ ސޭލް" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި އޭސްހާޑްވެއާ އަދި ކަލާބޭންކުގެ ފިހާރަ ތަކުން ކުރާ 300ރ. އިން މަތީގެ ކޮންމެ ވިޔަފާރި އަކަށް ކޫޕަނެއް ލިބެ އެވެ. އަދި ކޮންމެ 10 ދުވަހަކުން ގުރުއަތުން ހޮވޭ ފަރާތަކަށް 20،000 ރުފިޔާ ދެ އެވެ.

މި ޕްރޮމޯޝަނުގައި ގިނަ އަދަދެއްގެ ސާމާނުން 90 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް އޭސްހާޑްވެއާ އިން ބުނެ އެވެ. މި ޕްރޮމޯޝަން ސޯޝަލް މީޑިޔާގައި ވެސް ކުރިޔަށް ދާނެ އެވެ. މީގެ ތެރެއިން އޭސް ހާޑްވެއާގެ ފޭސްބުކް ޕޭޖްގައި ވަރަށް ހާއްސަ ކޮންޓެސްޓް ތަކެއް ކުރިއަށް ދާނެ އެވެ.