ވިޔަފާރި

އޭސް ހާޑްވެއާގެ ނުވަ އަހަރު: ބޮޑު ޑިސްކައުންޓެއް

Dec 11, 2020

އޭސް ހާޑްވެއާއަށް ނުވަ އަހަރު ފުރުމާ ދިމާކޮށް ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ފްރެންޗައިޒް ހާޑްވެއާ ވިޔަފާރި ކަމަށްވާ އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަރުގެ ވިޔަފާރި ރާއްޖޭގައި ފެށިތާ ނުވަ އަހަރު ފުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ހާއްސަ ޑިސްކައުންޓްތައް ދިނުމުގެ އިތުރުން ހަދިޔާ ތަކެއް ވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ. މި ޕްރޮމޯޝަންގައި އޮންލައިންކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ވަކިން ހާއްސަ އަގުތަކެއްގައި ތަކެތި ލިބޭނެ އެވެ.

މި ޕްރޮމޯޝަންގައި ހާޑްވެއާއަށް ގޮސް ވިޔަފާރި ކުރާ ފަރާތްތަކަށް 80 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް ލިބޭނެ އެވެ. މި ޑިސްކައުންޓްދޭ ބާވަތްތަކުގެ ތެރޭގައި ގޭތެރެ އަށް ބޭނުންވާ ސާމާނާއި ބަދިގެއަށް ބޭނުންވާ ސާމާނު އަދި ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންވާ ސާމާނު ހިމެނެ އެވެ. މީގެ އިތުރުން ކުޑަކުދިންގެ ކުޅޭ ސާމާނާއި ކުލައިން ވެސް ޑިސްކައުންޓް ބޮޑު ޑިސްކައުންޓެއް ލިބޭނެ އެވެ.

އޭސް ހާޑްވެެއާގެ މި ޕްރޮމޯޝަން އޮންނާނީ މި މަހުގެ 1 އިން ފެށިގެން މި މަހުގެ ނިޔަލަށެވެ. ޕްރޮމޯޝަންގައި 300ރ. އަށް ވުރެ މަތީގެ ވިޔަފާރިއެއް ކޮށްލައިގެން ބައިވެރިވެވޭނެ އެވެ. މިގޮތަށް ހޮވާ ހާއްސަ ނަސީބުވެރިއަކަށް އައިފޯން 12 ޕްރޯ އެއް ލިބުނުގެ މަގު ފަހިވާނެ އެވެ.

އޭސް ހާޑްވެއާ ފިހާރަ ރާއްޖޭގައި ހުޅުވާފައިވަނީ 15، ޑިސެމްބަރު 2011 ގަ އެވެ. މި ފިހާރަ ހުޅުވީ އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަނޭޝަނަލް އާއި ރާއްޖޭގެ ކޯލޯޑް މޯލްޑިވްސް ގުޅިގެންނެވެ. މި ބްރޭންޑުގެ ފުރަތަމަ ފިހާރަ މާލޭގައި ހުޅުވީ 20، ޑިސްމެބަރު 2011 ގަ އެވެ. އަދި 19، ޑިސެމްބަރު 2013 ގައި ދެވަނަ ފިހާރައެއް ވެސް ވެސް ހުޅުވާފައިވެ އެވެ.