ވިޔަފާރި

ކަލަ ބޭންކް ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި

Apr 14, 2020

އޭސް ހާޑްވެއާ އާއި ކަލަ ބޭންކުން ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ހަތަރު ވަނަ ނަސީބުވެރިޔާ ހޮވައިފި އެވެ.

ރޯދަ މަހާ ދިމާކޮށް، ކަލަ ބޭންކާއި އޭސް ހާޑްވެއާ އިން ކުރިއަށް ގެންދާ "އެންމެންގެ ރޯދަ ސޭލް 2020" ގެ ހަތަރު ވަނަ ނަސީބުވެރިއަކަށް ހޮވިފައިވަނީ ހ. މޫންބީމް، އައިޝަތު ޝިފާނާ އެވެ.

މި ޕްރޮމޯޝަންގައި އޭސް ހާޑްވެއާ އަދި ކަލަ ބޭންކްގެ ފިހާރަތަކުން ވިޔަފާރި ކޮށްގެން ގުރުއަތުން ދިމާވާ ނަސީބުވެރި ފަރާތަކަށް ކޮންމެ 10 ދުވަހަކުން 20،000ރ. ގެ ފައިސާގެ އިނާމެއްދެ އެވެ. ކަލަ ބޭންކް އާއި އޭސް ހާޑްވެއާ އިން 300ރ. އިން މަތިން ވިޔަފާރި ކޮށްގެން ޕްރޮމޯޝަންގައި ބައިވެރި ވެވޭނެ އެވެ.

މި ދިޔަ މަހު ފަށައި މި މަހުގެ 30 ގެ ނިޔަލަށް ކުރިޔަށް ގެންދާ ޕްރޮމޯޝަން ކަލަ ބޭންކް އާއި ކަލަ ބޭންކް ހޯމްގައި ވެސް ކުރިއަށް ދާނެ އެވެ.

އޭސް ހާޑްވެއާ އާއި ކަލަ ބޭންކުން ރޯދަ މަހަށް ހާއްސަކޮށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބެ އެވެ. މި ޕްރޮމޯޝަން ސޯސަލް މީޑިޔާގައި ވެސް އޮވެ އެވެ. މީގެ ތެރެ އިން އޭސް ހާޑްވެއާގެ ފޭސްބުކް ޕޭޖްގައި ހާއްސަ ކޮންޓެސްޓް ތަކެއް ވެސް ހިންގަ އެވެ. މި ކޮންޓެސްޓް ކާމިޔާބު ކުރާ މީހުނަށް ވެސް އިނާމު ދެއެވެ.

އޭސް ހާޑްވެއާ ރާއްޖޭގައި އިފްތިތާހު ކޮށްފައިވަނީ ޑިސެމްބަރު 15، 2011 ގަ އެވެ. އެއީ އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަނޭޝަނަލް އާއި ރާއްޖޭގެ އަމިއްލަ ކުންފުންޏެއްކަމަށްވާ ކޯލޯޑް މޯލްޑިވްސްއާއެކުވި އެއްބަސްވުމެއްގެ ދަށުން ފެށި ވިޔަފާރި އެކެވެ. އަދި އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަގެ ފުރަތަމަ ފިހާރަ މާލޭގައި ހުޅުވާފައިވަނީ ޑިސެމްބަރު 20، 2011 ގަ އެވެ. އަދި ޑިސެމްބަރު، 19 2013 ގައި ދެވަނަ ފިހާރައެއް ހުޅުވި އެވެ.

މި ވިޔަފާރި ހިންގާ ކޯލޯޑް ކުންފުނި ރާއްޖޭގައި ވިޔަފާރި ފަށާފައިވަނީ 1994 ވަނަ އަހަރު އެވެ. އެ ކުންފުނިން ހިންގާ ކަލަ ބޭންކުން ތަފާތު ވައްތަރުތަކުގެ ކުލަ ރާއްޖޭގައި ވިއްކަ އެވެ. އޭގެ ތެރޭގައި އެކްޒޮނޯބެލްގެ ސިކެންސްއަކީ މަތިންދާ ބޯޓްތަކުގައި ބޭނުންކުރާ އެކްޒޮނޯބެލްގެ އެއިރޯސް ޕޭސް ކޯޓިން އެކެވެ. އަދި ޖޯޓުން މެރީންއަކީ ކަނޑު އުޅަނދު ތަކަށް ހާއްސަ ދަވާދެކެވެ. މީގެ އިތުރުން އިމާރާތް ތަކުގައި ލާ ޖޯޓުން ޑެކެރޭޓިވް ދަވާދާއި ކްރައުން ދަވާދު ވެސް ވިއްކަ އެވެ.