ވިޔަފާރި

އޭސް ހާޑްވެއާ ޕްރޮމޯޝަން: ހީނުކުރާހާ އަގު ހެޔޮ!

Dec 14, 2019

ރާއްޖޭގެ ބާޒާރުން އާއްމުކޮށް ނުލިބޭ އެއްޗެއް ހޯދާނީ ކޮން ތަނަކުން ހެއްޔެވެ؟ ކޮން ފިހާރައަކުން ހެއްޔެވެ؟ އެ ފިހާރައަކީ ހަމަ ގައިމު ވެސް ވާނީ ފްރެންޗައިޒް ވިޔަފާރިއެއްގެ ގޮތުގައި ރާއްޖޭގައި ކޯލޯޑް މޯލްޑިވްސް އިން ހުޅުވާފައިވާ އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަރުންމެވެ. މި ވިޔަފާރި ރާއްޖޭގައި ފެށީ މީގެ އަށް އަހަރު ކުރިންނެވެ. އޭސް ހާޑްވެއާއަށް އަށް އަހަރު ފުރުމުގެ މުނާސަތުގައި މިހާރު ވަނީ ހާއްސަ ޕްރޮމޯޝަނެއް ފަށާފަ އެވެ. މި ޕްރޮމޯޝަންގައި އާއްމު ދިރިއުޅުން ފަސޭހަކޮށްލަން ބޭނުންވާނެ ބާވަތްތަކުގެ އަގު ވަނީ ބޮޑު ތަނުން ހެޔޮކޮށްލާފަ އެވެ. މި ޕްރޮމޯޝަންގައި މުދަލުގެ އަގު ހީނުކުރާހާ ވަނީ ހެޔޮކޮށްލާފަ އެވެ.

މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ހާއްސަ ޕްރޮމޯޝަންގައި 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބެ އެވެ. އަދި މި އަގު ހެޔޮ ސޭލުން ވިޔަފާރި ކުރުމުން ހާއްސަ އިނާމު ތަކެއް ވެސް ލިބެ އެވެ. މި ޕްރޮމޯޝަންގައި 300ރ. އިން މަތީގެ ވިޔަފާރިއެއް ކުރުމުން ބައިވެރިވާން ފުރުސަތު ލިބޭނެ އެވެ. ހަމަ ގައިމުވެސް އަގު ހެޔޮކަން އެނގެ އެވެ. ދެން އޮތް ސުވާލަކީ އިނާމެވެ. އިނާމަކަށް ލިބެނީ ކޮން އެއްޗެއް ހެއްޔެވެ؟

އިނާމަކަށް ބޭރުގައި ޗުއްޓީ ދަތުރެއް

އޭސް ހާޑްވެއާގެ ކޮންމެ ޕްރޮމޯޝަނެއްގައި ވެސް އަގު ހުރި އިނާމުތަކެއް ދެ އެވެ. މިފަހަރުގެ މި ޕްރޮމޯޝަންގައި ނަސީބުން ހޮވޭ ފަރާތަކަށް ދިވެހިން އާއްމުކޮށް ގޮސް އުޅޭ މެލޭޝިއާގެ ކޭއެލް އާއި ބާލީ ނޫނި ބެންކޮކް ނުވަތަ ދުބާއީ އަށް ދާން ފުރުސަތު ލިބޭނެ އެވެ. އިނާމުގެ ގޮތުގައި ހަމައެކަނި ލިބޭނީ ޓިކެޓު އެކަންޏެއް ވެސް ނޫނެވެ. ނަސީބުވެރި އަކަށް އިތުރު މީހަކު ގޮވައިން ދިނުމަށް ދެކޮޅު ޓިކެޓުގެ އިތުރުން ތިން ދުވަހުގެ ހުރުން ވެސް ލިބޭނެ އެވެ.

މި ޕްރޮމޯޝަންގައި ގޭތެރޭގައި ބޭނުންކުރާ ސާމާނާއި ހާޑްވެއާ ސާމާނު އަދި ސްކޫލް ކުދިންނަށް ބޭނުންވާ ސާމާނުގެ އިތުރުން ދަނޑުވެރިކަމުގެ މަސައްކަތް ތަކަށް ބޭނުންވާ ސާމާނާއި ބާބެކިޔު ހަދަން ބޭނުން ކުރާ ސާމާނުން ޑިސްކައުންޓް ލިބެ އެވެ.

އިތުރު ގިނަ އިނާމު ތަކެއް!

އަހަރީ ދުވަހުގެ ބޮޑު ޕްރޮމޯޝަންގެ އިތުރުން އޭސް ހާޑްވެއާގެ ސޯޝަލް މީޑިއާގައި ވެސް ހާއްސަ ޕްރޮމޯޝަނެއް ކުރިއަށްދެ އެވެ. ސޯޝަލް މީޑިއާގައި ކުރިއަށް ގެންދާ ހާއްސަ މި ކޮންޓެސްޓްގައި ނަސީބުވެރި އަކަށް 8،000ރ. ގެ ގިފްޓް ވައުޗަރެއް ލިބޭނެ އެވެ.

އޭސް ހާޑްވެއާއަކީ ؟

އޭސް ހާޑްވެއާގެ ވިޔަފާރިޮ ރާއްޖޭގައި އިފްތިތާހު ކުރީ 15، ޑިސެމްބަރު 2011 ގަ އެވެ. މިއީ އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަނޭޝަނަލް އާއި ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޯލޯޑް މޯލްޑިވްސް ގުޅިގެން ފެށި ވިޔަފާރި އެކެވެ. އޭސް ހާޑްވެއާގެ ފިހާރައެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވާފައިވަނީ 20، ޑިސެމްބަރު 2011 ވަނަ އަހަރު އެވެ. މި ފިހާރައަކީ ދެކުނު އޭޝިއާގައި އެ ކުންފުނިން ހުޅުވި ފުރަތަމަ ފިހާރަ އެވެ. އަދި އޭގެ ދެ އަހަރު ފަހުން 19، ޑިސެމްބަރު 2013 ގައި އޭސް ހާޑްވެއާގެ ދެވަނަ ފިހާރައެއް ހެންވޭރުގައި ހުޅުވި އެވެ.