ވިޔަފާރި

އޭސް ހާޑުވެއާ އާއި ކަލަ ބޭންކް ރޯދަ ސޭލް: ފުރަތަމަ ނަސީބުވެރިޔާ ހޮވައިފި

ކަލަ ބޭންކާއި އޭސް ހާޑްވެއާ އިން ރޯދަ މަހާ ދިމާކޮށް، ކުރިއަށް ގެންދާ ހާއްސަ ސޭލްގެ ފުރަތަމަ ނަސީބުވެރިޔާއާ ސައިކަލް ހަވާލުކޮށްފި އެވެ.

އޭސް ހާޑްވެއާގައި އިން މި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ އިއުލާ ނުކުރީ ބުރާސްފަތި ދުވަހުއެވެ. އަގު ބޮޑު މި ޕްރޮމޯޝަންގައި ކޮންމެ 10 ދުވަހު ސައިކަލެއް ދޭނެ އެވެ. މިގޮތުން ސައިކަލް ލިބުނީ އަލީ ޝާމް، ގ. ޝާމްރާގެ އެވެ.

މި ޕްރޮމޯޝަންގައި އޭސް ހާޑްވެއާ އާއި ކަލަ ބޭންކްގެ ފިހާރަތަކުން ވިޔަފާރި ކުރުމުން ގުރުއަތުން ދިމާވާ ނަސީބު ވެރިޔަކަށް ކޮންމެ 10 ދުވަހަކުން ސައިކަލެއް ދޭނެ އެވެ. މި ގުރުއަތުގައި ބައިވެރިވެވޭނީ 300 ރުފިޔާ އިން މަތިން ވިޔަފާރި ކޮށްގެނެވެ. ކަލަ ބޭންކާއި އޭސް ހާޑްވެއާގެ މި ޕްރޮމޯޝަން ކުރިޔަށް ދާނީ މޭ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގައި ކަލަބޭކުން ވިޔަފާރި ކޮށްގެން ކަސްޓަމަރުންނަށް ހިލޭ ކުލަ ވެސް ދެ އެވެ. މި ޕްރޮމޯޝަންގެ ދަށުން ކަލާ ބޭންކުގެ ފިހާރަތަކުން ވިޔަފާރިކުރާ މީހުންނަށް ހިލޭ ކުލަ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ޑިސްކައުންޓުތަކާ އެކު ފެށޭ މި ޕްރޮމޯޝަން ޝޯޝަލް މީޑިއާގައި ވެސް ކުރިއަށް ގެންދާނެ އެވެ. އެވެ.

މި ޕްރޮމޯޝަމް ސޯޝަލް މީޑިއާގައި ވެސް ކުރިޔަށް ގެންދެ އެވެ. އެ ގޮތުން އޭސް ހާޑްވެއާގެ ފޭސްބުކް ޕޭޖްގައި "ލައިކް އެޑް ކޮމެންޓް" ގެ ނަމުގައި ކުރިޔަށްދާ ކޮންޓެސްޓް ކާމިޔާބު ކުރުމުން މެލޭޝިއާގެ ދެކޮޅު ޓިކެޓް ދެ އެވެ. އަދި ކަލަ ބޭންކްގެ ފޭސްބުކް ޕޭޖްގައިވާ "ލައިކް އެޑް ކޮމެންޓް" ކޮންޓެސްޓް ކާމިޔާބު ކުރުމުން ދެ މީހަކަށް ރިސޯޓު ދަތުރެއް ދެއެވެ.