ވިޔަފާރި

އޭސް ހާޑްވެއާ އާއި ކަލަ ބޭންކުން ރޯދަ ޕްރޮމޯޝަން ފަށައިފި

Mar 3, 2020

އޭސް ހާޑްވެއާ އާއި ކަލަ ބޭންކުން ކޮންމެ 10 ދުވަހަކުން 20،000 ރުފިޔާގެ އިނާމާ އާއެކު ބޮޑު ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އޭސް ހާޑްވެއާ އިން ބުނީ ރޯދަ މަހާ ދިމާކޮށް ކުރި އަށް ގެންދާ "އެންމެންގެ ރޯދަ ސޭލް" ޕްރޮމޯޝަންގައި 300 އިން މަތިން ވިޔަފާރިކޮށްގެން ބައިވެރިވެވޭނެ ކަމަށެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގައި ގިނަ އަދަދެއްގެ މުދަލުން 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. މި ޕްރޮމޯޝަން ސޯޝަލް މީޑިއާގައި ވެސް ކުރި އަށް ދާނެ އެވެ. ޕްރޮމޯޝަންގެ މުއްދަތުގައި އޭސް ހާޑްވެއާގެ ފޭސްބުކް ޕޭޖުގައި ހާއްސަ ކޮންޓެސްޓް ތަކެއް ވެސް ކުރި އަށް ދާނެ އެވެ. މި ކޮންޓެސްޓްތަކުގައި ކަލަ ބޭންކް އާއި އޭސް ހާޑްވެއާ އިން ވެސް އަގު ހުރި އިނާމުތަކެއް ލިބޭނެ އެވެ.

އޭސް ހާޑްވެއާގެ ވިޔަފާރި ރާއްޖޭގައި އިފްތިތާހު ކުރީ 15، ޑިސެމްބަރު 2011 ގަ އެވެ. މިއީ އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަނޭޝަނަލް އާއި ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޯލޯޑް މޯލްޑިވްސް ގުޅިގެން ފެށި ވިޔަފާރި އެކެވެ. އޭސް ހާޑްވެއާގެ ފިހާރައެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވާފައިވަނީ 20، ޑިސެމްބަރު 2011 ވަނަ އަހަރު އެވެ. މި ފިހާރައަކީ ދެކުނު އޭޝިއާގައި އެ ކުންފުނިން ހުޅުވި ފުރަތަމަ ފިހާރަ އެވެ. އަދި އޭގެ ދެ އަހަރު ފަހުން 19، ޑިސެމްބަރު 2013 ގައި އޭސް ހާޑްވެއާގެ ދެވަނަ ފިހާރައެއް ހެންވޭރުގައި ހުޅުވި އެވެ