އޭސް ހާޑްވެއާއަކީ އެންމެ ތަފާތު އެއްޗިހި ވިއްކާ އެއް ފިހާރަ އެވެ. ދުނިޔޭގެ އެންމެ ބޮޑު ހާޑްވެއާ އެއް ބްރޭންޑް ކަމަށްވާ އޭސް ހާޑްވެއާގެ މި ފްރެންޗައިޒް ހާއްސަވާ އެއް ސަބަބަކީ މިތަނުގެ މުދަލުގެ ތަފާތު ތަކެވެ. ބޭނުންތެރި ގިނަ މުދާ އެއް ތަނަކުން ލިބެން ހުރުމެވެ. އޭސް ހާޑްވެއާއިން އެންމެ ފަހުން ހުޅުވި ފިހާރައިގެ ތަފާތަކީ ވެސް މި އެވެ. އެ ތަނުގައި މުޅިން ވެސް ހުރީ ހުސް ބޭނުން އެއްޗިސެވެ.
އޭސް ހާޑްވެއާގެ ތިން ވަނަ ފިހާރަ "އޭސް ހޯމް ސެންޓަރު" މަޖީދީމަގު- އަލިކިލެގެފާނު މަގު ކަންމަތީގައި ހުޅުވާފައިވާއިރު ހަތަރު ފަންގިފިލާ ހިމެނޭ މިފިހާރައިން އޭސް ހާޑްވެއާގެ އެހެން ފިހާރަތަކުގައި ނުހުންނަ މުޅިން އާ ބާވަތްތަކުގެ މުދާ ލިބެން ހުރެ އެވެ. އޭގެތެރެއިން "ބެޑިންގެ" މުޅިން އާ ލައިނެއް ހިމެނުމަކީ ލިބިގެންދިޔަ ހިތްހަމަ ޖެހުމެކެވެ.
ރޯދަ މަހަށް ހާއްސަ ޕްރޮމޯޝަނަކާ ދިމާކޮށް ހުޅުވި މި ފިހާރާގައި ގިނަ އަދަދެއްގެ ބަދިގެ ސާމާނާއި ގޭތެރެ ޒީނަތްތެރިކުރާ ސާމާނުގެ އިތުރުން ކުޑަކުދިންގެ ކުޅޭ ސާމާނު ވެސް ހިމެނެ އެވެ. އަދި ގޭތެރެ ސާފު ކުރާ ސާމާނާއި އިންސެކްޓިސައިޑްގެ ގިނަ ބާވަތްތައް ވެސް ނަން ހުސްކޮށް ލިބެން ހުރެ އެވެ. މީގެ އިތުރުން އޭސް ހާޑްވެއާގެ އެހެން ފިހާރަތަކޭ އެއްގޮތަށް މި ފިހާރައިން ވެސް ދުނިޔޭގެ ނަން މަޝްހޫރު ކޮލިޓީ ބްރޭންޑްތަކުގެ ތަފާތު މުދާ ހެޔޮއަގެއް ގައި ލިބެން ހުރެ އެވެ.
އޭސް ހާޑްވެެއާއަކީ އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަނޭޝަނަލް އާއި ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޯލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑް އާއި ގުޅިގެން ފެށި ވިޔަފާރި އެކެވެ. އޭސް ހާޑްވެއާގެ ފިހާރައެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވާފައިވަނީ 20، ޑިސެމްބަރު 2011 ގަ އެވެ. މި ފިހާރައަކީ މުޅި ދެކުނު އޭޝިއާގައި އޭސް ފްރެންޗައިސްގެ ފުރަތަމަ ފިހާރަ އެވެ. އަދި އޭގެ ދެ އަހަރު ފަހުން 19 ޑިސެމްބަރު 2013 ގައި އޭސް ހާޑްވެއާގެ ދެވަނަ ފިހާރައެއް ހެންވޭރުގައި ހުޅުވި އެވެ.