ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

މައުލޫމާތު ދީ، ނޫނީ އަހަރަކަށް ޖަލަށް ދޭ: ޕީޖީ

Apr 19, 2020
7

ކޮވިޑް-19 އާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންއަށް މައުލޫމާތު ނުދޭނަމަ އެ މީހަކު އަހަރަކަށް ވުރެ ގިނަ ދުވަހަށް ޖަލަށް ދާން ޖެހޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް އިންޒާރު ދެއްވައިފި އެވެ.

ޕީޖީ މި އިންޒާރު އައީ މިހާތަނަށް ބައްޔަށް ޕޮޒިޓިވްވީ މީހުންނާ ބައްދަލުވި މީހުން ހޯދުމުގެ މަސައްކަތް ކުރުމަށް ކޮންޓެކްޓް ޓްރޭސިން ހަދަމުންދާއިރު އެމީހުންގެ ތެރޭ އެކަކު މައުލޫމާތު ދޭނއ ދެކޮޅު ހަދަމުންދާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން ބުނެފައި ވަނިކޮށެވެ.

މިރެއާ ހަމައަށް އެ މީހާ މައުލޫމާތު ނުދޭ ނަމަ އެ މީހާގެ ޒާތީ މައުލޫމާތު ހާމަ ކުރާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ޝަމީމް ވިދާޅުވީ އެ މައްސަލާގައި އެ މީހާ ގާނޫނާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މިވަގުތު ވަރަށް ބާރު ގަދަ ބޭފުޅެއް ކަމަށާއި އެއްބާރުލުން ނުދޭ ހުރިހާ ފަރާތްތަކުގެ ނަން އާންމު ކުރުމުގެ ބާރު ލިބޭ ކަމަށެވެ. އަދި އެހާ ހިސާބުން އެކަން ޖިނާއީ ކުށަކަށްވެ ފުލުހުން އެ މައްސަލައިގެ ތެރެއަށް ވަދެ ތަހުގީގެއް ފަށާނެ ކަމަށެވެ.

"ފުލުހުން ތަހުގީގެއް ފަށައި އެ މީހާގެ ފޯނުގަ ހުރި މައުލޫމާތު ބެލުން ފަދަ ކަންކަން ކުރާނެ. އޭގެން އެ މީހާ ދިޔަ ތަންތަނާއި ބައްދަލުވި މީހުން އެނގޭނެ. އަދި އެ މީހާ އެކަންކަމަ ދެކޮޅު ހަދާ ހިސާބުން ފުލުހުން އޭނާގެ މައްޗަށް ގާނޫނުލް އުގޫބާތުގެ ދަށުން ގިނަ ދައުވާތަކެއް ކުރެވެ، އަހަރަކަށް ވުރެ ގިނަ ދުވަހަށް ޖަލަށް ދާން ޖެހޭނެ،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ އެ މައްސަލާގައި ފުލުހުން ސާބިތުކޮށްދޭން ޖެހޭނީ އެ މީހާ ދޮގު ހެދިތޯ ނުވަތަ ނޫންތޯ އެކަނި ކަމަށެވެ. އެހެންވެ އޭނާއަަށް އޮތް ގޮތަކީ މައުލޫމާތު ދިނުން ނުވަތަ ޖަލަށް ދިޔުން ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 51 އަށް އަރާފަ އެވެ.