ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުށްކުރުން

ސިނގިރޭޓެއް ގަންނަން ރިސޯޓުން ފޭބުމުން ހައްޔަރުކޮށްފި

Mar 24, 2020
2

އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރާ ފަން އައިލެންޑް ރިސޯޓުން އޮޅުވެލި ބީޗް ރިސޯޓަށް ފަތާފައި ދިޔަ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އޭނާ ފަތާފައި އޮޅުވެލި ބީޗް ރިސޯޓަށް އެރުމަށް މޫދުގައި އޮތްވާ ހުއްޓުވައި ހައްޔަރު ކޮށްފައިވާ ކަމަށާއި އޭނާއަކީ ފަން އައިލެންޑް ރިސޯޓްގެ މުވައްޒަފެއް ކަމަށާއި އޭނާ އޮޅުވެލި ރިސޯޓަށް ފަތާފައި ދިޔައީ ސިނގިރޭޓެއް ގަންނަން ކަމަށެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދަށް ވަނީ 15 ދުވަސް މާފުށީ މެޖިސްޓްރޭޓް ކޯޓުން ޖަހާފަ އެވެ.

މިއީ މިގޮތަށް ހައްޔަރުކުރި ހަ ވަނަ މީހާ އެވެ. އެގޮތުން މީގެކުރިން އައްޑޫ ސިޓީއަށް ފަތާފައި އެރި މީހަކާއި ފުވައްމުލަކަށް ދިޔަ ދެ މީހަކު ހައްޔަރުކުރި އެވެ. އަދި ހއ. އަތޮޅުގެ ރިސޯޓަކަށް ދިޔަ މުވައްޒަފަކާއި ސަފާރީއަކުން ހުޅުމާލެއަށް އެރި މީހަކު ހައްޔަރު ކޮށްފައިވެ އެވެ.

ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު އަންގާފައިވަނީ އެއްވެސް ރިސޯޓަކަށް އެއްވެސް މީހަކު ނޭރުމަށެވެ. އަދި ރިސޯޓްތަކުން މީހުން އުޅޭ ރަށްރަށަށް ވެސް މީހުން ނެރުމަށެވެ. މިހާރު ޗުއްޓީގައި ތިބި މުވައްޒަފުންނަށް ވެސް އަނބުރާ ރިސޯޓަށް ދިޔުމުގެ ފުރުސަތެއް ނެތެވެ.