ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

80 ބިދޭސީއަކު ސްކްރީން ކޮށްފި

ކޮވިޑް-19 އާ ގުޅިގެން ފުލުހުން ބަލަހައްޓަމުންދާ ބިދޭސީން ދިރިއުޅޭ ތަންތަނުގައި ތިބި ބިދޭސީންގެ ތެރޭގައި ސްކްރީން ކުރުމުގެ ޕްރަގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ފުލުހުންގެ ސަވައިލަންސްގައި ހިމެނޭ ތަންތަނުގައި ތިބި ބިދޭސީންނަށް ހާއްސަ ކޮށްގެން މޯބައިލް މެޑިކަލް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މިއަދު ހެނދުނު ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަންގަައި 80 ބިދޭސީއަކު ސްކްރީން ކޮށްފައިވާ ކަމަށާއި އެ މީހުންނަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް ބުންޏެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭ ރާއްޖޭގައި އެންމެ ނުރައްކާ ބޮޑީ ބިދޭސީންނަށެވެ. މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވީ ގިނަ މީހުންނަކީ ވެސް ބިދޭސީންނެވެ. އެ މީހުންގެ އަދަދު 700 މައްޗަށް ވަނީ އަރާފައި ވެއެވެ.

ގިނަ އަދަދެއްގެ ބިދޭސީން އުޅޭ 33 ތަނެއް ފާހަގަ ކުރެވި އެ ތަންތަން މޮނިޓަރާ ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެތަންތަނަށް މީހުން ވަދެ ނިކުމެ އުޅުން ވަނީ މަނާވެސް ކޮށްފަ އެވެ. ނަމަވެސް ބައެއް ތަންތަނުގަައި ފުލުހުން ނުތިބޭ މައްސަލަ ވަނީީ ފާހަގަ ވެފައި ވެއެވެ.