މާލެ އިން ކޮވިޑް-19 ފެނުމާ ގުޅިގެން އަންނަ މަހުގެ އެކަކާާ ހަމައަށް ލޮކްޑައުން ކުރުމުން އޭޑީކޭ ހޮސްޕިޓަލުގައި ސްޕެޝަލިސްޓުންގެ ކޮންސަަލްޓޭޝަންތައް އޮންލައިން ކުރުމަށް ނިންމައިފި އެވެ.
އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނީ، މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން ޑޮކްޓަރަށް ދައްކަން ބޭނުންވާާ ފަރާތްތަކަށް ދަަތިތަކާ ކުރިމަތިވަމުން އަަންނާތީ މި މަހުގެ 28 އިން ފަށައިގެން އެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓުންނަށާއި ސުޕަ ސްޕެޝަލިސްޓުން އޮންލައިންް ކޮންސަލްޓޭޝަންތައް ދޭނެ ކަމަށެވެ.
އޮންލައިންކޮށް ބަލިމީހުން ބެލުމަށް އެޕޮއިންްޓްމަންޓް ހައްދަަން ޖެހެ އެވެ. އޭޑީކޭގެ ނަންބަރު 1440 އަށް ގުޅައިގެން އެޕޮއިންޓްމަންޓް ހެއްދުމަށްފަަހު، ބީ.އެމް.އެލް މޯބައިލްޕޭ މެދުވެރިކޮށް ފައިސާ ދެއްކޭނެ އެވެ. އަދި ފޯނަށް މެމޯ ލިބުމުން އެ ހޮސްޕިޓަލުގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި #އާސްކްއޭޑީކޭ ޖެހުމުން ކިޔޫ ތަރުތީބު ބެލޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ. އަދި ކިޔު ތަރުތީބުން ޑޮކްޓަރުން އޮންލައިންްކޮށް ގުޅައިގެން ހިދުމަތް ދޭނެ އެވެ.
އޭޑީކޭގައި މިހާރުވެސް، އޮންލައިންކޮށް ފްލޫ ކްލިނިކްތަކަށް ހިދުމަތްދެ އެވެ. އެއީ ހެނދުނު 8:00 އިން ރޭގަނޑު 08:00 އަށެވެ. ހުން އައިސް ކެއްްސާ ކިނބިހި އަޅާނަމަ އޮންލައިންް ފްްލޫ ކްލިނިކް އަށް ދެއްކުމަށް އެ ހޮސްޕިޓަލުން އިލްތިމާސް ކުރެ އެވެ.
މާލެ އިން މިހާތަނަށް 31 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރޭގައި ބަންދްލަދޭޝް މީހަކާއި އިންޑިއާ ދެ މީހަކު ހިމެނެ އެވެ. ބާކީ ތިބި 14 މީހުންނަކީ ދިވެހިންނެވެ.