ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި އޭޑީކޭގައި މީހަކު މަރުވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި މީހަކު މަރުވެއްޖެ އެވެ.

ކޮވިޑްގެ ކަންކަން މެނޭޖްކުރުމުގެ މެންޑޭޓް އޮތް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ބުނީ ކޮވިޑްގައި މަރުވެފައިވަނީ އުމުރުން 81 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެއީ އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އައި މީހެކެވެ.

މިއީ ރާއްޖޭގެ 289 ވަނަ ކޮވިޑް މަރެވެ.

މި އަހަރު ފެށުނީއްސުރެ ކޮވިޑްގެ ހާލަތު އޮތީ ގޯސްކޮށެވެ. މިދިޔަ ދުވަސްތަކުގައި ދުވާލަކު ބަލި ޖެހޭ މީހުންގެ އަދަދު ކޮންމެ ދުވަހަކު ހުރީ ހާހުން މަތީގައެވެ. އެންމެ ދެ ދުވަހު ނޫނީ ނަންބަރު ހާހުން ދަށަށް ނުދެއެވެ.

މި ބަލީގައި އެންމެ ފަހުން މަރުވި 20 މީހުން މަރުވީވެސް މި އަހަރު އެވެ.