އދ. މަހިބަދޫ އިން އިތުރު ފަރުވާ އަށް މާލެ ގެއަި މީހާގެ ދެވަނަ ސާމްޕަލް ކޮވިޑް-19 އަށް ނެގެޓިވް ވެއްޖެ އެވެ.
މަހިބަދޫ ކައުންސިލް އިދާރާއިން މައުލޫމާތު ދިން ގޮތުގައި އެމީހާގެ ދެވަނަ ސާމްޕަލް ނެގެޓިވް ވެފައިވާކަން މިހާރު އެޗްޕީއޭއިން އެރަށު ހޮސްޕިޓަލަށް ވަނީ އަންގާފަ އެވެ. އެހެން ކަމުން ރަށް މޮނިޓަރިން ހާލަތުން ވަނީ ނަގާފަ އެވެ.
މަހިބަދޫ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެއަި ބަލި މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ވަނީ އެކަހެރިކޮށްފަ އެވެ. ނަމަވެސް ދެވަނަ ސާމްޕަލް ނެގެޓިވް ވުމުން އެމީހުން އަލުން މަސައްކަތަށް ނިކުތުމަށް ވަނީ އަންގާފަ އެވެ.
މަހިބަދޫ އިން މާލެ ގެނައި އުމުރުން 80 އަހަރުން މަތީގެ ފިރިހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ބުނެފައިވަނީ އޭޑީކޭއަށް ގެނެސް އެޑްމިޓް ކުރުމުގެ ކުރިން ހެދި ފުރަތަމަ ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވުމުންނެވެ. އަދި މިކަމާ ގުޅުގެން މަހިބަދޫ މޮނިޓަރިން ހާލަތަށް ގެނެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރެވުނެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވަމުން ދާއިރު ގިނަ ރަށްރަށުން ކޮވިޑް އަށް ބަލިވާ މީހުން ދަނީ ފެންނަމުންނެވެ. އެގޮތުން ރަށްރަށުގެ ހޯމް ކަރަންޓީނަށް ދިޔަ ގިނަ ބަޔަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު 5000 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު މިބަލި ޖެހިގެން މިހާތަނަށް 19 މީހަކު ވަނީ މަރުވެފަ އެވެ.