ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އެއްވެސް މީހެއްގެ ހާލު ސީރިއަސްއެއް ނޫން: ނަޒްލާ

ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާ ދެމުންދާ މީހުންގެ ތެރޭގައި ހާލު ސީރިއަސް އެއްވެސް މީހަކު ނެތް ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން ބުނެފި އެވެ.

އެންއައިއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިހާތަނަށް ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކުވެސް ހިމެނޭ ކަމަށެވެ. އޭނާއަކީ 60 އަަހަރުން މަތީގެ މީހެއް ކަމަށާ އޭނާ ބައްޔަށް ޕޮޒިޓިވްވީ މިއަދު ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ. މިއީ އެ އުމުރުގެ މީހަކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވީ ފުރަތަމަ ފަހަރެވެ.

ނަޒްލާ ވިދާޅުވީ ފަރުވާ ދެމުންދާ މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

"..މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި އެބަ އުޅޭ 60 އަހަރުން މަތީގެ ބޭފުޅެއް. މިވަގުތު އެއްވެސް ބޭފުޅެއްގެ ހާލު ސީރިއަސް ކަމަކަށް އަޅުގަނޑުމެންނަށްނެތް މައުލޫމާތު ލިބިފައެއް." ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19 އަށް މިއަދުގެ މިހާތަނަށް 15 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އިއްޔެވެސް 17 މީހަކު ޕޮޒިޓިވްވިއެވެ. ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 67 އަރާފައެވެ.