ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އަށާވީސް ދުވަހަށް ފަހު ދިއްދޫ ހުޅުވާލައިފި

ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިގެން މީގެ މަހެއްހާ ދުވަސް ކުރީން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިންއަށް ގެނައި ތިލަދުންމަތީ އުތުރުގެ ވެރިރަށް ދިއްދޫ ހުޅުވާލައިފި އެވެ.

އެޗްޕީއޭއިން އެ ރަށު ކައުންސިލަށް ފޮނުވާފައިވަނީ އެންގުމުގައި ބުނެފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން މޮނިޓަރިން ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް މިވަގުތު ނެތުމުން މޮނިޓަރިން އުވާލާ ކަމަށެވެ.

ދިއްދޫ މޮނިޓަރިންއަށް ގެނެސްފައިވަނީ ޖޫން މަހުގެ 24 ވަނަ ދުވަހު އެވެ. މޮނިޓަރިން ނަގާފައިވަނީ މިރޭ 10:45 ގައެވެ.

މިވަގުތު މޮނިޓަރިންގައި އޮތީ 14 ރަށެވެ. އެއީ ގދ. ތިނަދޫ އާއި ފ. ފީއައްޔާއި ފުވައްމުލަކު ސިޓީ އާއި ގއ. ވިލިގިއްޔާއި ރ. ދުވާފަރާއި ގއ. ކޫއްޑޫ އާއި ރ. މީދޫ އާއި ކ. ގުރަައިދޫ އާއި ށ. ފޯކައިދޫ އާއި ގދ. ނަޑެއްލާ އާއި ކ. ކާށިދޫ އާއި އއ. ރަސްދޫގެ އިތުރުން ތ. ކިނބިދޫ އެވެ.