ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ރާއްޖެ އަންނަ މީހުންގެ ކަރަންޓީނަކީ ހަފްތާއެއް

ރާއްޖެއިން ބޭރުން ދަތުރުކުރާ މީހުންގެ ތެރެއިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިމާޖަންސީގައި ބޭނުން ކުރުމަށް ހުއްދަ ދީފައިވާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާނަމަ ރާއްޖެއަށް އެތެރެވުމުގެ 96 ގަޑިއިރުނުވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮތްނަމަ ކަރަންޓީން ކުރާނީ ހަތް ދުވަހަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުުރު ސޮއިކުރައްވާ ދެންމެ ނެރުއްވި އެންގުމުގައި ބުނެފައިވަނީ ޖުލައި 8 ވަނަ ދުވަހުން ފެށިގެން ވަކި ގޮތެއް އަންގަވަންދެން ރާއްޖެއިން ބޭރުން ދަތުރުކުރާ މީހުންގެ ތެރެއިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިމާޖަންސީގައި ބޭނުން ކުރުމަށް ހުއްދަ ދީފައިވާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާނަމަ ރާއްޖެއަށް އެތެރެވުމުގެ 96 ގަޑިއިރުނުވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮތްނަމަ ހަތް ދުވަހުގެ މުއްދަތަށް ކަަރަންޓީންވާން ޖެހެއެވެ. އަދި ކަަަރަންޓީނުން ދޫކޮށްލާނީ ހަތް ދުވަސް ހަމަވުމުން ޕީސީއާރު ޓެސްޓް ހަދާ ނަތީޖާ ނެގެޓިވްވުމުންނެވެ. ކުރީން އޮންނަނީ 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރާ ގޮތަށެވެ.

މީގެ އިތުރުން ވެކްސިން ނުޖެހޭ އުމުރުގެ ކުދިން 72 ގަޑިއިރުނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއާއެކު ދަތުރުކުރާނަމަ ކަރަންޓީންވާން ނުޖެހޭނެ ގޮތަށްވެސް މިރޭ ވަނީ ހަމަޖައްސާފައެވެ.

ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ މީހުން ކަރަންޓީނުވުމަކާއި ނުލައި މާލެއިންނާއި ރިސޯޓްތަކުންނާއި ޓޫރިސްޓް ގެސްޓްހައުސް ހުންނަ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާއިރު ދަތުރުކުރުމުގެ ކުރީން 72 ގަޑިއިރު ކުރީން ހަދާފައިވާ ޕީސީއާރު ނެގެޓިވް ނަތީޖާއާއެކު ދަތުރުކުރެވޭނެ ކަމަށާ މިފަދަ މީހުންނާއެކު ދަތުރުކުރެވޭނީ ހާލުބެލުން ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދައިގެން ކަމަށެވެ.

ނަމަވެސް މޮނިޓަރިންގައިވާ ރިސޯޓްތަކާއި މޮނިޓަރިންގައިވާ ރަށްރަށަށް ދަތުރުނުކުރެވޭނެ އެވެ.