ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ވެކްސިން ދިނުން މެދުކަނޑާލައިފި

މާލެ 14 ދުވަހަށް ލޮކްޑައުން ކޮށްފައިވާތީ މާލެ ސަރަހައްދުގައި ވެކްސިން ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ އެ ގޮތަށް ހަމަޖެއްސީ ކޯވިޑް-19 ގެ ބަލި މީހުން މިހާރު މާލެތެރެއިން ފެނި މާލެ، ހަލުވިކަމާއެކު ބަލި ފެތުރުމުގެ ހާލަތުގައިވާތީ ވެކްސިން ދިނުމަށް މިވަގުތު މަރުކަޒުތަކަށް ދިއުމަށްވުރެ ގޭގައި މަޑުކުރުން ރައްކާތެރި ވުމުން ކަމަށެވެ.

މި 14 ދުވަހުގެ މުއްދަތަށްފަހު ހާލަތު މިއަށްވުރެ ދިގުދެމިގެން ގޮސްފިނަމަ އެ ހާލަތުގައި ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތެއް ހަމަޖައްސާ އެކަން އިއުލާނު ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ކޮވިޑް-19 އަށް މިއަދުގެ މިހާތަނަށް 15 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އިއްޔެވެސް 17 މީހަކު ޕޮޒިޓިވްވިއެވެ. ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 67 އަރާފައެވެ.