ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ތޮއްޑޫން ދަނޑުވެރި ބާވަތްތަކަށް އިންތިޒާމެއް ހަމަޖައްސައިފި

Apr 21, 2020
1

އއ. ތޮއްޑޫގެ ދަނޑުވެރި ބާވަތްތައް މާލޭގެ ވިޔަފާރިތަކާ ހަމައަށް ފޯރު ކޮށްދޭން ހާއްސަ އިންތިޒާމު ތަކެއް ހަމަޖައްސައިފި އެވެ.

"ތޮއްޑޫ ކޮވިޑް-19 އިގެ ޓާސްކް ފޯސް" ގެ ފަރާތުން ވާހަކަ ދެއްކި އަހުމަދު ކަރަމް ވިދާޅުވި ގޮތުގައި އެ ރަށުގައި ހައްދާ ދަނޑުވެރިކަމުގެ ބާވަތްތައް މާލެއަށް ފޯރުކޮށް ދޭން އެ ރަށުގައި ހާއްސަ އިންތިޒާމު ތަކެއް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

"ރޯދަ އަށް ގިނަ ބާވަތްތަކެއް މި ރަށުން ހައްދާފައި އެބަހުރި. އެހެންވެ މާލެއަށް މި ތަކެތި ފޯރުކޮށް ދޭން އިންތިޒާމެއް ހަމަޖެއްސީ މި. ކައުންސިލަށް ނޫނީ ޓާސްކް ފޯހަށް ގުޅުމުން އަޅުގަނޑުމެން ފޯރުކޮށްދޭނަން ދަނޑުވެރިންގެ ކޮންޓެކްޓްތަކާ ހުރި ބާވަތްތަކުގެ ލިސްޓެއް. އޭރުން މިއަށް އަގު ކަނޑަޅާނީ ދަނޑުވެރިޔާ އާއި ވިޔަފާރިވެރިޔާ ވާހަކަ ދައްކައިގެން،" ކަރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލެ އިން މި އުފެއްދުން ތަކަށް އޯޑަރު ދޭ ފަރާތް ތަކަށް އޮންލައިންކޮށް ފައިސާ ޖަމާކުރުމުގެ އިންތިޒާމު ވެސް ހަމަޖައްސާނެ ކަމަށެވެ. އަދި ކައިރި ރަށްރަށުން ވެސް ދަނޑުވެރިކަމުގެ ބާވަތް ގަންނަން އެ ރަށަށް އަންނަ ފަރާތްތަކުން ދުރާލާ ކައުންސިލަށް ގުޅާފައި އަންނަން ކަރަމް ވަނީ އެދިފަ އެވެ.

"ބަނދަރު މައްޗަށް އަޅުގަނޑުމެން މުދާ ވެސް ނެރެ ދޯންޏަށް އަރުވައި ދޭނެ،" ކަރަމް ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް ދަނޑުވެރިކަން ކުރާ އެއް ރަށް ކަމަށްވާ ތޮއްޑޫން ވަނީ ދަނޑުތަކުގައި ޒުވާރި ވެސް އިންދާފަ އެވެ.