ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ދަނޑުވެރި ރަށްރަށުން ލިބުނީ ތިން މިލިއަން ރުފިޔާ

ދަނޑުވެރިކަން ތަރައްގީ ކުރަން ދިގު މުއްދަތަށް ދޫކޮށްފައިވާ ރަށްރަށުން މި އަހަރުގެ މިހާތަނަށް ލިބިފައިވަނީ ތިން މިލިއަން ރުފިޔާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ( މީރާ) ގެ ހިސާބު ތަކުން ދައްކައިފި އެވެ.

މީރާ އިން ނެރެފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ދިގު މުއްދަތަށް ދަނޑުވެރިކަން ކުރަން ދޫކޮށްފައިވާ ރަށްރަށުން މި އަހަރުގެ މިހާތަނަށް ދޫކޮށްފައިވަނީ ރަށްރަށުން މި އަހަރުގެ މިހާތަނަށް ތިން މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރު މާޗް މަހުގެ ނިޔަލަށް ފަސް މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ރާއްޖޭގައި ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތް ކުރަން 77 ރަށެއް ދޫކޮށްފައިވެ އެވެ. މީގެ ތެރެއިން 50 ރަށަކީ ހަމައެކަނި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށެވެ. ނަމަވެސް އެކަށީގެންވާ ގޮތެއްގައި ރާއްޖޭގައި ދަނޑުވެރިކަން ކުރަނީ ދެ ރަށެއްގަ އެވެ. މި މަސައްކަތް އެންމެ ފުޅާކޮށް ކުރަނީ މާފަހި އާއި އަންހެނުން ފުށީގަ އެވެ.

ކޮވިޑް-19 އާ ގުޅިގެން، ކާނާގެ ޔަގީންކަން ހޯދަން ރާއްޖޭގައި ދަނޑުވެރިކަން ފުޅާ ކުރަން ދަނީ މަސައްކަތް ތަކެއް ކުރަމުންނެވެ. ކުއްޔަކާ ނުލައި ތިން އަހަރަށް ދަނޑުވެރިކަމަށް ބިން ދޫކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. ސަރުކާރުގެ އަމާޒަކީ މީހުން ދިރިއުޅޭ ރަށްރަށުން 25 އިން ޕަސެންޓާ ހިސާބަށް މި ތަންތަނުގައި ދަނޑުވެރިކަން ކޮށްގެން ކާނާ އުފެއްދުމެވެ. އަދި ދަނޑުވެރިކަމަށް މިހާތަނަށް 44 ރަށެއް ފާހަގަ ކުރެވިފައިވާ ކަމަށާ، ބޭނުން ވަނީ ކާނާގެ ޔަގީންކަން 50 ޕަސެންޓަށް އިތުރުކުރުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.