ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އުރީދޫ ޕްރިޕެއިޑް ކަސްޓަމަރުން 35ރ. ގެ ޑެއިލީ ޕެކޭޖެއް

Apr 22, 2020

އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް 35ރ. އަށް ކޮންމެ ދުވަހަކު ނެގޭ ޕެކޭޖެއް މިއަދު ތައާރަފު ކޮށްފި އެވެ.

އުރީދޫން މިއަދު ތައާރަފު ކޮށްފައިވާ މި ޕެކޭޖުގައި އެއް ޖީބީގެ ހިލޭ ޑާޓާ ވެސް ލިބެ އެވެ.

އެ ކުންފުނިން ބުނީ އެހެން އަހަރުތަކާ ހިލާފަށް ރޯދަ މަހާ ކުރިމަތިލާން ދިވެހިން ތައްޔާރު ވަމުން ދަނީ އާއިލާ އާއި ރައްޓެހިންނާއި ދުރުގައި ގައިދުރުކަން ދަމަހައްޓައިގެން ކަމަށާ، އެހެންކަމުން އާއިލީ ގުޅުން އަދި ރައްޓެހިންގެ ހާލުއަހުވާލު ބަލާ ހެދުމަށް މުވާސަލާތީ ހިދުމަތްތައް މުހިންމު ވެފައިވާ ކަމަށެވެ.

އެ ކުންފުނިން ވަނީ މި "ޑެއިލީ ޑޭޓާ ކޮމްބޯ" ޕެކޭޖު ކަސްޓަމަރުންނަށް ފަސޭހަ އިން އެކްޓިވޭޓް ކުރެވޭނެ ގޮތް ވެސް ހަމަޖައްސާފައިވެ އެވެ. އުރީދޫ އެޕް މެދުވެރިކޮށް އަދި 1#*929* އަށް ގުޅައިގެން ވެސް ޕެކޭޖު އެކްޓިވޭޓް ކުރެވޭނެ އެވެ.

ދުނިޔެ ކުރިމަތިލަމުން ދާ މި އުނދަގޫ ދުވަސްތަކުގައި ދިވެހި މުޖުތަމައަށް ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް ގުޅުވާދިނުމަށް އުރީދޫ މޯލްޑިވްސް އިން ޑެއިލީ ޑޭޓާ ކޮމްބޯ އޮފާ އާއި އެކު ޕްރީޕެއިޑް ކަސްޓަމަރުންނަށް އިތުރު ލުޔެއް ލިބިގެންދެ އެވެ.