ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އުރީދޫ

އުރީދޫން ވީއައިއޭގައި ޑިޖިޓަލް ކިއޯސްކެއް ބަހައްޓައިފި

ރާއްޖެ އަންނަ ފަތުރުވެރިން އަމިއްލައަށް ހިދުމަތް ހޯދޭ ގޮތަށް ޑިޖިޓަލް ކިއޯސްކްއެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އުރީދޫން ބަހައްޓައިފި އެވެ.

މިއަދު ވީއައިއޭގައި ބޭއްވި ހަފުލާއެއްގައި މި ކިއޯސްކް އިފްތިތާހު ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. އެ ހަފްލާގައި އެމްއޭސީއެލްގެ އެމްޑީ އަދި ސީއީއޯ ގޯޑަން އެންޑްރިއު ވެސް ބައިވެރިވެ ވަޑައިގަތެވެ.

އުރީދޫގެ 24 ގަޑިއިރު މި ކިއޯސްކް މެދުވެރިކޮށް ސިމްކާޑް ރެޖިސްޓަކޮށް އިޝޫ ކުރެވޭނެ އެވެ. އަދި، ސިމް ކާޑު ރިޗާޖް ކުރުމުގެ ހިދުމަތާއި އެމްފައިސާ އެކައުންޓަށް ކޭޝް ކުރުމުގެ ހިދުމަތް ވެސް ލިބޭނެ އެވެ. އަމިއްލައަށް ހިދުމަތް ލިބިގަނެވޭ ޑިޖިޓަލް ކިއޯސްކްއަކީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރި ކަމަށް މުހިންމު ހިދުމަތެކެވެ.

"އަޅުގަނޑުމެން އަބަދުވެސް ބަލަނީ މުޖުތަމައުތަކަށް އިޖުތިމާއީ އަދި އިގްތިސޯދީ ކުރިއެރުން ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ހޯދާދިނުމަށް. ފަތުރުވެރިކަމުގެ ދާއިރާ އަލުން އިއާދަ ކުރުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމަކީ ކޮންމެ ބޭފުޅެއްގެ ވެސް ޒިންމާއެއް،" އުރީދޫ މޯލްޑިވްސް ޗީފް ކޮމާޝަލް އޮފިސަ، ހުސެއިން ނިޔާޒް ވިދާޅުވި އެވެ.

އުރީދޫ އިން މިފަހުން ވަނީ "ވިޒިޓް މޯލްޑިވްސް ނައު" ގެ ނަމުގައި ޓުއަރިޒަމް ޕްރޮމޯޓް ކުރުމަށް، ޑެސްޓިނޭޝަން މާކެޓިންގް ކެމްޕޭނެއްވެސް ލޯންޗްކޮށްފަ އެވެ.