އުރީދޫ

އުރީދޫ ސުޕަނެޓް އެންމެނަށް އަންލިމިޓެޑް

އުރީދޫ މޯލްޑިވްސްގެ ސުޕަނެޓްގެ ހިދުމަތަށް ގެނެވުނު އަޕްގްރޭޑާއެކު ކަސްޓަމަރުންނަށް އަންލިމިޓެޑް އިންޓަނެޓް ލިބޭނެ ކަމަށް އުރީދޫ މޯލްޑިވްސް އިން އިއުލާނުކޮށްފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ ކުރިން އޮތް ލިމިޓުގެ ކަންބޮޑުވުންތަކާއި ދުރުވެ 1ޖީބީޕީއެސްއާ ހަމައަށް ސްޕީޑާއެކު މެދުނުކެޑި ދެން ކަނެކްޓިވިޓީ ލިބޭތީ ހުރިހާ ކަސްޓަމަރުންނަށްވެސް އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.

އުރީދޫގެ ސުޕަނެޓް އަންލިމިޓެޑް ޕްލޭންތައް ތައާރަފްކުރުމާއެކު އެ ކުންފުނި ވަނީ ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތަށް އާ މިންގަނޑެއް ކަނޑައަޅައި، އެންމެންގެ އަތްފޯރާ ފަށަށް އަންލިމިޓަޑް އިންޓަނެޓް ފޯރުކޮށްދީފަ އެވެ.

އަންލިމިޓަޑް ސުޕަނެޓާއެކު:

  • އެއްވެސް ހުރަހެއް ނެތި މުޅި ދުވަހު ސްޓްރީމް ކުރުން
  • އަލްޓްރާ-ލޯ ލެޓެންސީއާއެކު މެދުކެނޑުމެއް ނެތި ގޭމް ކުޅުން
  • ބްރައުޒްކުރުމާއި، މަސައްކަތްކުރުމާއި، ކިޔެވުމާއި އެއްވެސް ހުރަހެއް ނެތި ގުޅާލުން

ސުޕަނެޓް އަންލިމިޓެޑް ޕްލޭންތަކުގެ ތެރޭގައި 25 އެމްބީޕީއެސް އިން ފެށިގެން 1ޖީބީޕީއެސްއާ ހަމައަށް ބާރު ސްޕީޑް ހިމެނޭއިރު އިތުރު ފައިދާތަކާއެކު ކަނެކްޓެޑް ޑިވައިސްތައް ފުރިހަމައަށް ބޭނުންކުރެވޭނެ އެވެ. ފިލްމް މެރެތަންއަކަށް ވިޔަސް، އޮންލައިން ގޭމިން ސެޝަނެއް ވިޔަސް، ވޯކް ފްރޮމް ހޯމް ސެޓަޕެއް ކަމުގައި ވިޔަސް، އުރީދޫގެ ސުޕަނެޓް އަންލިމިޓެޑް ޕްލޭންތަކުން މިހާރު ކަސްޓަމަރުންނަށް ހަގީގަތުގައި އަންލިމިޓެޑް އިންޓަނެޓްގެ ތަޖުރިބާ ލިބޭނެ ކަން ކަށަވަރު ކޮށްދޭ ކަމަށްވެސް އުރީދޫ އިން ބުންޏެވެ.

އުރީދޫ މޯލްޑިވްސްއަކީ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ އެއް ކުންފުންޏެވެ.

"ހަގީގަތުގައި ވެސް އަންލިމިޓެޑް ސުޕަނެޓް ޕްލޭންތައް އިތުރު ސްޕީޑްތަކަކާއެކު ހުށަހަޅައިގެން، އަޅުގަނޑުމެން ހަމައެކަނި އުއްމީދުތައް ހާސިލްކުރާ ކަމެއް ނޫން މިއީ. އަޅުގަނޑުމެން މިދަނީ ރާއްޖޭގެ އިންޓަނެޓް ހިދުމަތަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެމުން. މި އަޕްގްރޭޑުން ދައްކުވައިދެނީ ރާއްޖޭގެ އެންމެ ރަނގަޅު ނެޓްވޯކްގައި މެދުނުކެނޑި ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް،" އުރީދޫ އިން ބުންޏެވެ.

އުރީދޫ މޯލްޑިވްސް އިން ދަނީ ޒަމާނީ ފެންވަރުގެ އިންޓަނެޓް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވެ، ކަސްޓަމަރުންނަށް އެއްވެސް ލިމިޓަކާ ނުލައި ގުޅާލައިގެން ތިބުމަށް މަގު ފަހިކޮށްދެމުންނެވެ.