އުރީދޫ

ކޮންމެ ތިން ދުވަހަކުން ސައިކަލު ލިބޭ ޕްރޮމޯޝަންގައި 8 ނަސީބުވެރިން ހޮވައިފި

އުރީދޫ މޯލްޑިވްސް ކުރިއަށް ގެންދާ "ކޮންމެ ތިން ދުވަހަކުން ސައިކަލު ލިބޭ" ޕްރޮމޯޝަންގައި 8 ނަސީބުވެރިން ހޮވައިފި އެވެ.

އުރީދޫ އިން މިދިޔަ މަހުގެ 23 ވަނަ ދުވަހު ފެށި މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިއަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގައި ޖުމްލަ 30 ސައިކަލު ކަސްޓަމަރުންނަށް ލިބިގެންދާއިރު 22 ސައިކަލުގެ ނަސީބުވެރިން ހޮވާނެ އެވެ.

އުރީދޫ މޯލްޑިވްސްގެ ހުރިހާ ކަސްޓަމަރުންނަށް އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށްވެސް ކޮންމެ ތިން ދުވަހަކުން އަގުހުރި އާ ސައިކަލެއް ލިބޭ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.

އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ 60 އިންސައްތަ ކަވަރުކުރާ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކެވެ.
.
މި ޕްރޮމޯޝަންގެ ދަށުން ލިބޭ ސައިކަލުތަކުގެ ތެރޭގައި އެއާ ބްލޭޑް 125 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ) އާއި، އެއާ ބްލޭޑް 160 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ) އަދި ޕީސީއެކްސް 160 (ކަޅު ކުލަ) ހިމެނެ އެވެ.

މި ޕްރޮމޯޝަނުގެ އެންމެ އަގުހުރި އިނާމެއްގެ ގޮތުން ނަސީބުވެރި ފަރާތަކަށް މިއަހަރުގެ ރެބެލް 300 (ކަޅު) ސައިކަލެއް ދިނުމަށްވެސް ހަމަޖެހިފައިވެ އެވެ.

އުރީދޫ ކަސްޓާމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކޮށްގެންނާއި، އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކޮށްގެން އެކްޓިވް ކަސްޓަމަރަކަށް ވުމުން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕޭންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް ހަލުވި ސްޕީޑާއި ލެޓެންސީ ދަށްކޮށް، ކަނެކްޓިވިޓީ އިތުރުކޮށްދޭ އުރީދޫގެ ޒަމާނީ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.