އުރީދޫ

އުރީދޫ އިން އައިފޯން 16 ގަތުމަށް ޕްރީ އޯޑަރު ކުރި މީހުންނަށް ފޯން ހަވާލުކޮށްފި

އުރީދޫ މޯލްޑިވްސް މެދުވެރިކޮށް އައިފޯން 16 ގަތުމަށް ޕްރީ އޯޑަރު ކުރި މީހުންނަށް ފޯނުތައް ހަވާލުކޮށްފި އެވެ.

ފޯނުތައް ހަވާލުކުރުމަށް ބޭއްވި ހަފްލާ އޮތީ ރޭ ދަންވަރު 12 ޖެހިއިރު އުރީދޫގެ ހެޑްއޮފީހު ގައެވެ.

އުރީދޫ މޯލްޑިވްސް މެދުވެރިކޮށް އައިފޯން 16 ގަތުމަށް ޕްރީ އޯޑަރަށް ހުޅުވާލީ މިމަހު 20 ވަނަ ދުވަހު އެވެ.

އުރީދޫން ޕްރީ-އޯޑަރަށް ހުޅުވާލި އަގުތައް:

  • އައިޕޯން 16 ޕްރޯ (256 ޖީބީ): 24،899 ރުފިޔާ
  • އައިޕޯން 16 ޕްރޯ މެކްސް (256 ޖީބީ/512 ޖީބީ): 27،199 ރުފިޔާ

އެޕަލްގެ އައިފޯން 16 ބާޒާރަށް ނެރުނީ މިމަހުގެ ނުވަވަނަ ދުވަހު އެވެ.

މިއަހަރު އައިފޯން 16 އާއި އައިފޯން 16 ޕްލަސްގެ މޮޑެލްތައް ނެރެފައިވަނީ ކަަޅާއި ހުދާއި ފިޔާތޮށި އަދި ޓީލް އަދި އަލްޓްރާމެރިން ކުލައިންނެވެ.